މާލޭގެ މޭޔަރާއި އަދި ކައުންސިލަރުން ހޮވުމަށް ބާއްވާ އިންތިހާބުގައި ކެންޑިޑޭޓޫންގެ ހައްގަށް އުނިކަން އަންނަ ފަދަ މަނާ ކަންކަން އެއްވެސް ފަރާތަކުން ނުކުރަން އިލެކްޝާންސް ކޮމިޝަނުން އިލްތިމާސް ކޮށްފި އެވެ.

އެކަމަށް އިލްތިމާސް ކުރެއްވީ އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީީބް އެވެ.

ކެނޑިޑޭޓުންގެ ހައްގަަށް އުނިކަން އަންނަ ފަދަ ކަންކަން ނުކުރަން ހަބީބް އިލްތިމާސް ކުރެއްވި އިރު ހާއްސަކޮށް ބްރޯޑްކާސްޓަރުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަން އޮންނާނީ މާދަމާ އެވެ. އަދި މިއަދު ހަވީރު ހައެއްގެ ފަހުން ކެމްޕޭންގެ އެއްވެސް ހަރަކާތެއް ކުރިއަކަށް ނުގެންދެވޭނެ އެވެ.

"ކެމްޕޭނުގެ ޙަރަކާތްތައް ނިންމާލުމުގައިވެސް، ސިޔާސީ ޕާޓީތަކުންނާއި، ކެންޑިޑޭޓުންނާއި، ސަޕޯޓަރުން، ސުލޫކީ މިންގަނޑު ދަމަހައްޓަވައި، ހިތްގައިމު، ސަޅި ކެމްޕޭނަކުން ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ހިތް ފަތަޙަ ކުރެއްވުން އެދެން." ހަބީބް ވިދާޅުވި އެވެ.

މާލޭގެ މޭޔަރަކު ހޮވުމަށް ބައި އިލެކްޝަން ބާއްވަން ޖެހުނީ އެމަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުވުމާ ގުޅިގެން މޭޔަރުގެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ނެވެ. އަދި ސިޓީ ކައުންސިލްގެ ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ސަރުކާރުގެ އިސް މަގާމުތަކާ ހަވާލުވުމަށް ވަނީ އިސްތިއުފާ ދެއްވާފަ އެެވެ.

މި ފަހަރުގެ އިންތިހާބުގައި ރާއްޖޭގެ ބޮޑު ދެޕާޓީގެ ތެރެއިން ޕީޕީއެން/ޕީއެންސީގެ ފަރާތުން މޭޔަރު ކަމަށް ވާދަ ކުރައްވަނީ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރެވެ. އަދި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން