ލ. އަތޮޅުގައި ހުންނަ ހަމަދު  ބިން ހަލީފާ އަލް ތަނީ ސްކޫލުގެ ދަރިވަރުންތަކެއް--
ލ. އަތޮޅުގައި ހުންނަ ހަމަދު ބިން ހަލީފާ އަލް ތަނީ ސްކޫލުގެ ދަރިވަރުންތަކެއް--
ތިމާވެށީގެ ދާއިރާއިން ހިލޭ ކިޔެވުމަށް ލ. އަތޮޅުގެ 15 ދަރިވަރަކަށް ސްކޮލަޝިޕް ދީފި އެވެ.

މިއީ އެންވަޔަރަމަންޓް މިނިސްޓްރީން ކުރިއަށް ގެންދާ އެންދެރި މަޝްރޫޢުގެ ދަށުން ދިން ސްކޮލަޝިޕްތަކެކެވެ.

އެޑްވާންސް ސެޓްފިކެޓް އިން އެންވަޔރަަމަންޓަލް މެނޭޖްމަންޓްގެ ނަމުގައި ކުރިއަށް ގެންދާ މި ކޯސް ކުރިއަށް ގެންދާނީ ލ،. ގަމުގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ކެމްޕަހުގަ އެވެ. ކޯސް ކުރިއަށް ގެންދާނީ ދެ ސެމިސްޓާއަކަށް ބަހާލައިގެން ނެވެ.

އެ ސްކޮލަޝިޕްތަކަށް ހޮވޭ ދަރިވަރުންނަށް މަހަކު 4500 ރުފިޔާގެ އިނާޔަތެއް ދޭން ވަނީ ނިންމައިފަ އެވެ. އޭގެ އިތުރަށް ދަރިވަރުންނަށް ދޭން ނިންމާާފައިވާ އެލަވަންސްތަކުގެ ތެރޭގައި އެސްޓެބްލިޝްމަންޓް އެލަވަންސްގެ ގޮތުގައި ދޭ އެއް ހާސް ރުފިޔާއާއި ބުކް އެލަވަންސްގެ ގޮތުގައި ދެ ހާސް ރުފިޔާއާއި ޑިޕާޗަރ އެލަވަންސްގެ ގޮތުގައި 500 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.

އެ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން