ރާއްޖެ މިއަދު ސޮއްސާލަމުން ދަނީ ކަޅު އަނދިރި ވަޅުގަނޑެއްގެ ތެރެއަށް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެެ.

އެމްޑީޕީން ސަލްޓަން ޕާކުގައި ރޭ ބޭއްވި ޖަލްސާ އެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވީ ދޮގާއި ބުހުތާން ބޮލަށް ލައިގެން ދުވުމުން ވާނެ "ހައެތި" ވަމުންދާ ކަމަށެވެ. އެގޮތުން ރާއްޖެ މިއަދު ސޮއްސާލަމުންދަނީ ކަޅު އަނދިރި ވަޅުގަނޑެއްގެ ތެރެއަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރާއްޖޭގެ ރަން ބިސް އަޅާ ކުކުޅު ގޮތުގައި ސިފަކުރަމުން އައި ފަތުރުވެރިކަމުގެ ސިނާއަތު މިހާ ހިސާބަށް އައިސްފައިވަނީ ވަރަށް ގިނަ ބަޔެއްގެ މަސައްކަތުން ކަމަށާއި އެހެން ނަމަވެސް އަވައްޓެރި އިންޑިޔާ އާއި ޖެހިގަނެ ރާއްޖެއަށް ލިބިފައިވާ ރީތި ނަން މި ސަރުކާރުން ކިލަނބުކޮށްލުމާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަަށް ގެއްލުންވަމުންދާ ކަމަށެވެ.

"ފަތުރުވެރިކަމުގެ މުޅި ސިނާއަތުގެ ބަނޑަށް ހަންޖަރެއް ޖެހުން ކަހަލަ ގޮތަކަަށް މިހާރު އަމަލު އެ ކުރެއްވީ،" އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީބު ޕްރަމޯޓް ކުރި މައްސަލައިގައި ޓުވީޓާގައި އުފެދުުނު އަރާރުންގަނޑަށް ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުން ވަދެ ހިނގި ކަންކަމާއި ގުޅިގެން އިންޑިޔާގެ ފަތުރުވެރިކަން ރާއްޖެ ބޮއިކަޓް ކުރުމަށް ގޮވަމުންދާތީ އެކަމަަށް އިޝާރަތް ކުރައްވަމުން ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ އިންޑިޔާއެކު އެމްޑީޕީގެ ސަރުކާރުން 100 އަަށް ވުރެ ގިނަ އެއްބަސްވުންތަކުގައި ސޮއިކުރި ކަމަަށާއި އެ އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަންނަ ގިނަ ކަންތައްތަކެއް ހުރި ކަމަށް މި ސަރުކާރުން ބުނާ ކަމަށެވެ. އަދި އެ އެއްބަސްވުންތަަށް ހާމަކުރާނެ ކަމަށް ރިޔާސީ އިންތިހާބުގެ ތެރޭގައި ސަރުކާރުން ވައުދުވީ ނަމަވެސް އެކަން އެގޮތަަށް ކޮށްފައިނުވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ދިވެހި ގައުމުގެ އެންމެ ވެލިފުކަކަށްވެސް ގެއްލުންވާފަދަ އެއްބަސްވުމެއްގައި ނިމިދިޔަ އެމްޑީޕީގެ ރައީސް ސާލިޙުގެ ސަރުކާރުން އިންޑިއާއާއެކު ސޮއިކޮށްފައި ނުވާނެ ކަމަށެވެ. އަދި ކުރީގެ ރައީސް ސާލިޙުގެ ސަރުކާރުން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތަައް މުޢިއްޒުގެ ސަރުކާރުން ހާމަނުކުރަނީ އެހެންވެގެން ކަމަށް ޝާހިދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން