ޗައިނާގެ ދަތުރުފުޅާއެކު މާލެއާއި ރާއްޖެ ތެރޭގެ ތަރައްގީގެ ވަަރަށް ގިނަ ކަންކަމަށް މަގުފަހިވެގެން ގޮސްފައިވާ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޓީވީ ޗެނަލަކަށް ފޯނުން ރޭ ދެއްވި އިންޓަވިއު އެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޗައިނާ ދަތުރުފުޅު ވަރަށް ކާމިޔާބު ކަމަށެވެ. އެގޮތުން އެ ދަތުރުފުޅާއެކު މާލެއާއެކު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ތަރައްގީގެ ވަރަށް ގިނަ ކަންކަަމަށް މަގުފަހިވެގެން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޗައިނާ ދަތުރުފުޅާއެކު މާލެއަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލަ ހައްލުކުރަން ހިންގާ ރަސްމާލެ މަޝްރޫއު ހިންގުމަށާއި މަގު ހެދުމުގެ މަޝްރޫއަށް އެހީ ލިބޭނެ މަގު ފަހިވެފައިވާ ކަމަށެވެ. އަދި އެމަސައްކަތް ކުރަން ސަރުކާރުން ބޭނުންވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން މާލޭ ސިޓީކައުންސިލް މެދުވެރިކޮށް ކަމަށާއި އެހެންކަމުން އެ މަޝްރޫއުތައް ހިންގުމަށް ސަރުކާރަށް އެއްބާރުލުން ދޭނެ މޭޔަރަކު މާލެއަށް އިންތިހާބު ކޮށްދޭންޖެހޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"ސަރުކާރުގެ އެ ވިސްނުމުުގައި ސަރުކާރަށް އެއްބާރުލުން ދޭނެ ސަރުކާރުގެ މަސައްކަތްތަކަށް ފަސޭހަކޮށްދޭނެ ރައްޔިތުންނާއެކު މަސައްކަތް ކުރާނެ ބޭފުޅަކު މޭޔަރު ކަމަށް ގެނެސް ދެން އޮތް ކައުންސިލްގެ ތިން ގޮނޑިއަށް ސަރުކާރުގެ ކެންޑިޑޭޓުން ހޮވުމަކީ އެންމެ ރަނގަޅު ގޮތް، ސަރުކާރުން ހިންގާ އެ މަޝްރޫއުތަކަކީ ކަމުނުދާ މަޝްރޫއުތަކޭ، ތިމަންނަ މެން އެކަމާ ދެކޮޅު ހަދާނަމޭ ރައްޔިތުންނަށް މި ކަންކަމުން ފައިދާ އެއް ނުވާނެއޭ، އެވިސްނުމުގައި މަސައްކަތް ކުރާ ޕާޓީގެ ބޭފުޅުން މިވަގުތު މޭޔަރަކަށް ޚިޔާރުކުރުން އެއީ ރަނގަޅު ޗޮއިސްއަކަށް ވާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން