ޗައިނާ މެޓަލަޖިކަލް ގްރޫޕް ކޯޕަރޭޝަންގެ ޗެއާމަން ޗެން ޖިއަންގުއާންގް ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ޗެއާމަން ޗެން ޖިއަންގުއާންގް ވަނީ ރައީސް މުޢިއްޒު ޗައިނާއަށް ކުރެއްވި ކާމިޔާބު ރަސްމީ ދަތުރުފުޅަށް ތަހުނިޔާ ވިދާޅުވުމުގެ އިތުރަށް އެކުންފުނީގެ މަސައްކަތާއި ބެހޭ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ރާއްޖޭގައި އެކުންފުނިން ކުރިއަށްގެންދާ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ދެއްވައި، އިތުރަށް އެއްބާރުލުންދީގެން ރާއްޖެ ތަރައްގީކުރައްވެމަށް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.

ރައީސް ޑރ މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގެ އިޤްތިޞާދުގެ މުސްތަޤްބަލާމެދު ޔަޤީންކަން ބަހައްޓަވާ ކަމަށް ޚިޔާލު ފާޅުކުރައްވައި، އެމަނިކުފާނުގެ ތަޞައްވުރު ބޮޑު އިޤްތިޞާދީ ތަރައްޤީގެ ޕްލޭނަށް ޖިއަން ގުއަންގް ތައުރީފު ކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހުން ކުރިއަށް ގެންދަން ނިންމާފައިވާ ތަރައްޤީގެ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ދެއްވައި، ޗައިނާ ކުންފުނިތަކުގެ ފަރާތުން އިތުރު އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ރައީސްގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން