ހުޅުމާލެ ސަހަރާ
ހުޅުމާލެ ސަހަރާ
މި ދުވަސްވަރު ކުރަމުންދާ ވިއްސާރައާއެކު ހުޅުމާލޭގެ ސަހަރާގައި ފެންބޮޑުވެފައިވާތީ އެނެއްކާވެސް މީހުން ވަޅުލުން މެދުކަނޑާލައިފި އެވެ.

އެންމެ ފުރަތަމަ ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލީ މިދިޔަ ހަފުތާގައި ކުރި ވަރުގަދަ ވިއްސާރައާ ގުޅިގެން ނެވެ. އޭރު ހުޅުމާލެ ސަހަރާއިގައި އެއް ފޫޓަށް ވަޅު ކޮންނައިރަށް ފެން އަރާތީ މީހުން ވަޅު ލުމަށް ދަތިވެގެން މާލޭގެ އާ ސަހަރާގައި މީހުން ވަޅުލުން ވަގުތީ ގޮތުން ހަމަޖެއްސި އެވެ.

ނަމަވެސް އަނެއްކާވެސް މޫސުން ގޯސްވެ ފެންބޮޑުވާން ފެށުމުން ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މިއަދުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލައި މާލޭ އާ ސަހަރާއަށް ބަދަލުކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން