މިއަހަރު ބާއްވާ ރަައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރަން، ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބްގެ މެނޭޖަރު އަލީ އިބްރާހިމް (ކައްޕި) ނިންމަވައިފިއެވެ.

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނިއުގެ މެނޭޖަރު ކައްޕި ވާދަކުރައްވަނީ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާ އަށެވެ. އެ ދާއިރާއަށް ކައްޕި ވާދަކުރައްވަނީ ސަރުކާރު ހިންގާ މައިޕާޓީ، ޕީއެންސީގެ ޓިކެޓުގައެވެ.

ކައްޕި އަކީ ރައީސް މުޢިއްޒު ވެރިކަމަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަން ފާހަގަކުރެވެއެވެ. އެގޮތުން މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަަށް ކުރެއްވި ކެމްޕޭންގައި އެންމެ އަރިހުގައި ހުންނަވައި އެމަނިކުފާނާއެކު ހުރިހާ ރަށްތަކަަށް ކައްޕި ޒިޔާރަތް ކުރެއްވިއެވެ.

ނިއުގެ ބޯޑުމެމްބަރެއްގެ ގޮތުގައި ހުންނެވި އަލީ އިބްރާހިމް (ކައްޕި) އަކީ ކުރީގެ ރައީސް ޔާމިނަށް އިއްވި ޖަލު ހުކުމާއި ގުޅިގެން އެމަނިކުފާނުގެ ދިފާއުގައި އަޑު އުފުއްލަވައި ދެގޮތެއް ނުވެ އެމަނިކުފާނުގެ އަރިހުގައި ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ކައްޕި މީގެ ކުރިން ވަނީ މުލަކު އަތޮޅު ކައުންސިލްގެ މެމްބަރުކަން ވެސް ކުރައްވާފައެެވެ.

މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާރިޗު މަހުގެ 17 ވަނަ ދުވަހުއެވެ. އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް، ފުރުސަތު ހުޅުވާލަން ތާވަލް ކޮށްފައިވަނީ މި މަހުގެ 30އިން އަންނަަ މަހުގެ 14ގެ ނިޔަލަށް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން