މިހާރު ކުރަމުންދާ ވިއްސާރައާއެކު ވައިގަދަވެ ޓީވީ މޯލްޑިވްސް ކައިރީގައި ހުރި ގަހެއް ވެއްޓި ކާރަކަށް ގެއްލުން ވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލު "ރަސް"އަށް ވިދާޅުވީ ގަސް ވެއްޓުނީ މިއަދު ހެނދުނު ކަމަށާއި ގަސް ވެއްޓި ކާރުގެ ބިއްލޫރި ގަނޑު ހަލާކުވެ ދޮރަށް ވެސް ގެއްލުންވި ކަމަށެވެ.

ވެއްޓުނު ގަސް މިހާރު ނަގާފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރަން ދުރާލާ ފިޔަވަޅު އަޅަން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ އިލްތިމާސްވެސް ކޮށްފަ އެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި މިއަދު އެކި ވަގުތުގައި ރާއްޖޭގެ އެކިހިސާބުތަކަށް ބޯކޮށް ވާރޭވެހި ގުގުރައި އަދި ވިލާގަނޑުގައި

ގަޑިއަކު 45 މޭލަަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ އެވެ.

މެޓް އޮފީހުން ވަނީ ރާއްޖޭގެ އެކި ހިސާބު ތަކަށް ޔެލޯ އެލާޓް ވެސް ނެރަފަ އެވެ.

މޫސުން ގޯސްވެފައިވާ އިރު މާލޭގެ ބޮޑު ބަޔަކަށް ރެއިން ފެށިގެން ވެހެމުންދާ ވާރެއާއެކު ގިނަ މަގުތައް އޮތީ ފެނު އަޑީގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން