ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާގެ ބެއިޖިންގގައި ހުންނަ ނޭޝަނަލް ސެޓެލައިޓް މީޓިއޮރޮލޮޖިކަލް ސެންޓަރު (އެން.އެސް.އެމް.ސީ) އަށް ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން އެން.އެސް.އެމް.ސީއަށް ޒިޔާރަތްކުރެއްވުމުން އެބޭފުޅުންނަށް އެތަނުގެ ފަރާތުން ހޫނު މަރުހަބާއެއް ދަންނަވާފައިވާ ކަމަށެވެ.

އަދި އެ ސެންޓަރުގެ މުހިންމު މަސައްކަތްތަކާއި، ޚާއްޞަ ކާމިޔާބީތައް ހިމެނޭ ވިޑިއޯ ޕްރެޒެންޓޭޝަނެއް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާއާ މަޢުލޫމާތު ޙިއްޞާކުރެއްވިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

“މީގެ އިތުރުން ޗައިނާގެ ނޭޝަނަލް ސެޓެލައިޓް މީޓިއޮރޮލޮޖިކަލް ސެންޓަރާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން އެސެންޓަރުގެ އިސްވެރިން ފާޅުކުރެއްވިއެވެ.” ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން