މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މާލެ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިހާބާއި މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ ދާއިރާތަކަށް ކައުންސިލަރުން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓްލާ ވަގުތު އިތުރުކުރަން ނިންމައިފި އެވެ

އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނީ މުޅި ރާއްޖޭގެ މޫސުން ގޯސްވެ ވިއްސާރަވެ ވައިގަދަވެ ކަނޑުތައް ގަދަވުމުގެ ސަބަބުން އާންމު ދަތުރުފަތުރަށް ބުރޫ އަރައި ވޯޓްލުމަށް މީހުން ނިކުތުމަށް ދަތިވެދާނެތީ މާދަމާގެ އިންތިހާބު ގައި ވޯޓް ނަގާ ވަގުތު އިތުރުކޮށްފައިވާ ކަމަށެވެ.



އެގޮތުން ކުރީން މާދާމާ ހަަވީރު 4:00 އާ ހަމައަށް ވޯޓްލުން ކުރިއަށް ގެންދަން ނިންމާފައިވީ ނަމަވެސް އިތުރު އެއްގަޑިއިރު ވޯޓް ލުން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ. އެހެން ކަމުން މާދަމާ ހަވީރު 5:00 އާ ހަމައަށް ވޯޓްލުން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މާދަމާ ބާއްވަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ހޮވުމާއި މާފަންނު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާއަށް ކައުންސިލަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނެވެ.

މޭޔަރުގެ އިންތިހާބުގެ ވޯޓުގެ ވަގުތު އިތުރުކުރަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވާއިރު މިއަދު ހެނދުނުން ފެށިގެން މާލެއަށް ވަރަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ.  


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން