އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ރަސްމީ ފޭސްބުކް އެކައުންޓް މިރޭ ހެކްކޮށްފިއެވެ.

އޮޑިޓް އޮފީހުގެ ފޭސްބުކް އެކައުންޓް ހެކް ކުރުމަށް ފަހު މިރޭ ލާފައިވާ ވީޑިއޯއެއްގެ ކެޕްޝަންގައި ވަނީ "ލެޓް ދަ ގޯލްޑް މާކެޓް ރޯމް، އައި ވިލް އޮންލީ ޓޭކް އަ ސްކޫޕް." މިފަދައިންނެވެ.

މީގެއިތުރުން ވީޑިއޯގައި ކޮމްޕިއުޓަރ ސިސްޓަމެއް ކައިރީގައި ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ އިންޑިއާ ރުޕީސްގެ ނޫޓްތަކެއް ވެސް ފެނެއެވެ.



މި ކަމާ ގުޅިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އިދާރާގެ ފޭސްބުކް އެކައުންޓު ހެކްކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.



މީސް މީޑިއާގައި އިންޑިއާއާއި ރާއްޖެއާއި ދެމެދުގައި އުފެދުނު ނުތަނަވަސްކަމަށް ފަހު ރައީސް އޮފީހާއި ރާއްޖޭގެ ޚާރިޖީ އޮފީހުގެ ވެބްސައިޓްގެ އިތުރުން އެހެން ބައެއް ސަރުކާރުގެ އިދާރާތަކުގެ ވެބްސައިޓްތައް ވެސް ހެކް ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ. އަދި މިކަން ކުރަނީ އިންޑިއާގެ ހެކަރުންކަން ދޭހަވާ ގޮތަށް އިންޒާރުގެ މެސެޖުތައްވެސް ދީފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން