މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ވޯޓު ލައްވައިފިއެވެ.

އެމްޓީސީސީގެ ކުރީގެ ސީއީއޯ، އާޒިމް ވޯޓް ލައްވާފައިވަނީ މިއަދު ހެނދުނު 08:00 އެހާކަށްހާއިރުގައެވެ. ވޯޓް ލެއްވުމަށްފަހު މީޑިއާތަކާއި ވާހަކަދައްކަވަމުން އާޒިމާ ވަނީ ހުރިހާ ފަރާތްތަކުން ވީހާވެސް އަވަހަށް ނުކުމެ ވޯޓު ލެއްވުމަށް އެދިވަޑައިގެންފައެވެ.

މިއަދު ހެނދުނު 08:00 ޖެހިއިރު ފެށި މި ބައި އިލެކްޝަންގައި 4 ބޭފުޅަކު ވާދަކުރައްވައެވެ. އާޒިމްގެ އިތުރުން ޕީއެންސީގެ ކެންޑިޑޭޓު އާޒިމާ ޝަކޫރާއި ދަ ޑިމޮކްރެޓްސްގެ ސައިފް ފާތިހާއި އަމިއްލަ ގޮތުން ވާދަ ކުރައްވާ ހުސެއިން ވަހީދާއި ޝުއައިބު އަލީވެސް މާލޭގެ މޭޔަރު ހޮވުމަށް މިއަދު ބާއްވާ އިންތިޚާބުގައި ވާދަކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން