ރާއްޖޭގެ ބޯޑަރު ހުޅުވާލުމުން ފަތުރުވެރިން ރާއްޖެ އަންނަނީ
ރާއްޖޭގެ ބޯޑަރު ހުޅުވާލުމުން ފަތުރުވެރިން ރާއްޖެ އަންނަނީ
ރާއްޖެއަށް އައި ފަތުރުވެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ޢެޗްއޯސީ އިން ބުނީ ރާއްޖެ އައި ފަތުރުވެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭނާގެ ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ފަތުރުވެރިޔާއަކީ އެމެރިކާއަށް ނިސްބަތްވާ މީހެކެވެ. ފައްސިވި ފަތުރުވެރިޔާ ހުރީ ޗާވަލް ބްލާންކް ރަންދެލީގައި ކަމަށް އެޗްޕީއޭއިން މައުލޫމާތު ދީފައި ވެއެވެ. އަދި ގައިޑްލައިނާ އެއްގޮތަށް އޭނާ އެކަހެރިކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އެ ފަތުރުވެރިޔާ ކޯވިޑް-19 އަށް ފައްސިވިކަން އެނގުނީ މިއަދުއެވެ. ރާއްޖެއަށް ފަތުރުވެރިން އައުން، މެދުކަނޑާލާއި އޮތުމަށްފަހު، ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު ރާއްޖޭގެ ބޯޑަރު ހުޅުވާލީ ޖުލައި 15 ވަނަ ދުވަހުއެވެ.

މިހާތަނަށް ލިބިހުރި މައުލޫމާތު ތަކަށް ބަލާއިރު ރާއްޖެއަށް ފުރަތަމަ ބަލި އައީވެސް ރާއްޖޭގެ ރިސޯޓަކަށް އައި ފަތުރުވެރިއެއްގެ ކިބައިންނެވެ. އެފަތުރުވެރިޔާގެ ކިބައިން ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެންނަމުން ދަނިކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓު ނުކޮށް އޭނާ ރާއްޖެއިން ފުރުވާލި މައްސަލައިގެ ތަހުގީގުވެސް ވަނީ ކޮށްފައެވެ. މިމައްސަލަ ވަރަށް އިސްކަމެއް ދީގެން ބަލާފައިވަނީ ރާއްޖޭގައި ހިނގާދިޔަ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގައި ހިމެނޭ ކަމަށް ބުނެފައިވާ އެކަމުގެ އެންމެ އިސް ދެ މޭސްތިރިންގެ ދިފާޢުގައި ވަކާލާތު ކުރެއްވި މިހާރުގެ ޕީޖީ ހުސައިން ޝަމީމެވެ. އެކަން ދާދިފަހުން އާންމު ކުރީވެސް ޕީޖީ ޝަމީމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން