މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝަކޫރް ވޯޓު ލައްވައިފިއެވެ.

މާލޭ ގެ މޭޔަރު ހޮވުމަށް ބާއްވާ ބައި އިލެކްޝަނާއި މާލޭ ކައުންސިލުން ހުސްވެފައިވާ ދާއިރާތަކުގެ ބައިލެކްޝަންގެ ވޯޓުލުން ފެށުނީ މިއަދު ހެނދުނު 08:00 ޖެހިއިރުއެވެ. އާޒިމާ ވޯޓު ލައްވާފައި ވަނީ ހިރިޔާ ސްކޫލްގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ.

މިއަދު ކުރިއަށްދާ ބައި އިލެކްޝަން ތަކުގެ ވޯޓުލާ ވަގުތު އެއްގަޑި އިރަށް އިތުރު ކޮށްފައިވާކަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިއްޔެ ހާމަކޮަށްފައެވެ. އެހެންކަމުން މިއަދު ބާއްވާ ބައި އިލެކްޝަން ތަކުގެ ވޯޓުލުން ހަވީރު 5 ޖަހަންދެން ކުރިއަށްދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން