ސަރުކާރުން ސޯޝަލް ސެންޓަރުގައި ކޯލް ސެންޓަރެއް ހަދައިގެން ކެމްޕެއިން ކުރަމުންދާ ވާހަަކަ އިލެކްޝަންސް ކޮމިޝަން (އީސީ)އިން ދޮގުކޮށްފިއެވެ.

އީސީއިން މިހެން ބުނީ މިއަދު ހެނދުނު މާލެސިޓީ ކައުންސިލްގެ ބައި-އިލެކްޝަންގެ ވޯޓުލުމަށް ވޯޓު ފޮށިތަކެއް ބަހައްޓާފައިވާ ސޯޝަލް ސެންޓަރުގައި އިންތިހާބުގެ ކެމްޕޭނަށް ކޯލް ސެންޓަރެއް ހިންގާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއަކާއި ގުޅިގެންނެވެ.

އިލެކްޝަންސަށް ލިބިފައިވާ ޝަކުވާގައިވާ ގޮތުން ސޯޝަލް ސެންޓަރުގައި ވޯޓުލަމުން ކުރިއަށް ދާއިރު ސޯޝަލް ސެންޓަރުގައި ހުންނަ ޔޫތް މިނިސްޓްރީގެ އޮފީސް އިމާރާތުގައި ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝަކޫރަށް ތާއީދު ހޯދުމަށް މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.



އެ ޝަކުވާއަކީ ހަގީގަތެއް ނެތް ވާހަކައެއްކަމަށް ފާހަގަކުރަމުން އީސީއިން ބުނީ އެ އޮފީހުގައި ކުރަމުންދަނީ ޔޫތް މިނިސްޓްރީގެ މަސައްކަތްތައް ކަމަށެވެ. އަދި ޔޫތް މިނިސްޓްރީން އީސީއަށް އެކަން ކަށަވަރުކޮށްދީފައިވާ ކަމަށްވެސް ކޮމިޝަނުން ބުނެފައި ވެއެވެ.

ސަރުކާރުން ކެމްޕެއިން އޮފީހެއްގެ ގޮތުގައި ހިންގާ ކަމަށް ތުހުމަތު ކުރެވުނު އެތަނަކީ ޔޫތު މިނިސްޓްރީން ހިންގާ ޔޫތު ވޮލެންޓިއާ ޕްރޮގުރާމު ހިންގުމަށް މިނިސްޓްރީން ބޭނުންކުރަމުންދާ ތަނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން