ދިވެހިން ދެން ބޭސް ފަރުވާއަށް ދާނީ ޔޫއޭއީ އާއި ތައިލެންޑަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި މީޑީއާތަކަށް ދެއްވި ސްޓޭޓްމަންޓެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އާސަންދަ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރިއަށް އޮތްތަނުގައި ކުރެވިގެންދާނެކަމަށެވެ.

އެގޮތުން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އާއި ތައިލޭންޑުން އާސަންދަ ލިބޭގޮތް ހައްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

"އާސަންދަ ނިޒާމަކީ ވަކި ޤައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީއަކަށް ގޮސްގެން އެކަނި ބޭނުން ކުރެވޭ އެއްޗަކަށް ނުހަދާ އެއަށްވުރެ ފެންވަރު ރަނގަޅު ޤައުމަކަށް އާސަންދަ ފުޅާކުރާނަން. އަދި އެކޮމަޑޭޝަން އެކްސްޕެންސެއް ހިމެނޭ ގޮތަށް އާސަންދަ ފުޅާ ކުރާނަން" ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ރާއްޖެއަށް ދެން ބޭސް އެތެރެކުރާނީ ބޭސް އުފައްދާ ކުންފުނިތަކުން ކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ.

"ސީދާ އުފައްދާ ތަނުން، ޔޫރަޕުންނާއި އެމެރިކާއިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޭސް އެތެރެ ކުރުން ބަދަލު ކުރާނަން. އެކަންތައް މިހާރު ވަނީ ފެށިފައި." ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އަމިއްލަ ފައިމައްޗަށް ތެދުވުމަށް ދިވެހިން ކުރާ މަސައްކަތް މިހާރުމިވަނީ ފެށިފައި ކަމަށާއި ބޭސްފަރުވާއަށް ވަކި ޤައުމަކަށް ބަރޯސާވުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


7

އަތްލޫ

27-Jan-2024

ކޮންމެމީހަކު ކޮއްދިނަސް ރަންކަޅުކަމެއް ވިއްޔާވާނީ. ރަންގަޅުކަމަކައް މިއީވަރަތްރަންގަޅުކަމެއް މިކަންކަން ދެމިގެން ދާގޮތަށްކޮއްދީފިއްޔާ ވަރަތްވެސް ރަންގަޅު ކަމެއް މުއިއްޒުއައް ވަރަށްބޮޑަށް ޝުކުރިއްޔާ


4

އެމަންޖެ

27-Jan-2024

آلحمدالله. މަނިކުފާނުގެ މަސައްކަތުގައި ބަރަކާތްލައްވާށި! މާތް اللهގެ ވާގިފުޅާއެކު ދިވެހިންނަށް ފާގަތިދުވަސްތަކެއްް މިންވަރުކުރައްވާށި. امىن



ޓްރެންޑިން