ރާއްޖޭގެ ފުޑް ސެކިއުރިޓީ ވަރުގަދަ ކުރުމަށް ތުރުކީއާއެކު އެއްބަސްވުމެއް ޤާއިމުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި މީޑީއާތަކަށް ދެއްވި ސްޓޭޓްމަންޓެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ފުޑް ސެކިއުރިޓީ ވަރުގަދަ ކުރުމަށް ތުރުކީއާއެކު އެއްބަސްވުމެއް ޤާއިމުކޮށްފައިވާ ކަމަށެވެ.

ރައީސް މިއަދު ވިދާޅުވީ ރާއްޖެއަކީ އަމިއްލަވަންތަކަމާއެކު ނިންމުންތައް ނިންމޭނެ ޤައުމެއްކަމަށާއި ކުޑަޤައުމަކަށް ވިޔަސް ރާއްޖެއަށް ބުލީ ނުކުރެވޭނެ ކަމަށެވެ. އަދި އަސާސީ ކާބޯތަކެތި ހޯދުމަށް އެންމެ ގައުމަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ.

އެގޮތުން ހަނޑުލާއި ހަކުރާއި ފުށް ހޯދުމަށް ތުރުކީއާއެކު އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށާއި އެގައުމުން ރާއްޖެއަށް އަހަރު ދުވަހަށް ބޭނުންވާ ކާޑުގެ ބާވަތްތައް ލިބޭނެ ކަމުގެ ޔަގީންކަން ދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"މި ރޯދަ މަހު ފުރަތަމަ ފަހަރަށް ކޮންމެ ގޭބީސީއަކަށް ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ ބަސްތާ އަކާއި 10 ކިލޯގެ ފުއް ބަސްތާއެއް ހަދިޔާ ކުރާނަން. އޭގެ އިތުރު ކަންތައްތައް ވެސް ވާނެ. އަދި މި އަންނަ އަހަރު އެއަށް ވުރެ އިތުރު ވެސް ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ވަކި ގައުމަކަށް ބަރޯސާވުން ނިމުމަކަށް ގެންނާނެ ކަމަށް ރައީސް މިއަދު ވިދާޅުވެފައި ވާއިރު، ރާއްޖެއަށް އާންމުކޮށް ބޭހާއި ކާޑުގެ ބާވަތްތަކާއި ފިޔާ، އަލުވި އަދި ބިސް އެތެރެކުރަނީ އިންޑިއާއިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން