ރާއްޖެ ކުޑަވުމަކީ ބުލީކުރަން ލިބޭ ލައިސެންސެއް ނޫން ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ނުސީދާ ރައްދެއް ދެއްވައިފި އެވެ.

ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި މީޑީއާތަކަށް ދެއްވި ސްޓޭޓްމަންޓެއްގައި ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވާއިރު މީސް މީޑިއާގައި ދިވެހި ރާއްޖެއާއި އިންޑިއާއާއި ދެމެދު މިހާރު އުފެދިފައިވާ ނުތަނަވަސް ކަމުގައި ދިވެހިންނަށް ރައްދުކޮށް އިންޑިއާގެ ބައެއް ފަރާތްތަކުން ގަނާ ކުރުމުގެ ބަސްތައް ދަނީ އަމާޒު ކުރަމުންނެވެ.

ރައީސް މިއަދު ވިދާޅުވީ ރާއްޖެ ކިތަންމެ ކުޑަ ނަމަވެސް، އިންޑިއާ ކަނޑުގައި ރާއްޖޭގެ އެކްސްކްލޫސިވް އެކޮނޮމިކް ޒޯން ވަރަށް ބޮޑު ކަމަށެވެ.

"އަޅުގަނޑުމެންނަކީ ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް." ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ ރާއްޖެ ކުޑަވުމަކީ ރާއްޖެއަށް ބުލީ ކުރުމަށް އެއްވެސް ޤައުމަކަށް ލިބޭ ލައިސެންސެއް ނޫން ކަމަށެވެ. އެގޮތުން އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައި އިށީންނަން ވަކި ބައެއްގެ ހުއްދަ ހޯދަން ޖެހުމަކީ ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫންކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން (ދިވެހި ރާއްޖެ) ސައިޒުބް ކުޑަ, ނަމަވެސް އެއީ ކަލޭމެންނަށް ގަނާ ކުރުމަށް ދެވޭ ލައިސަންސެއް ނޫން." ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އަމިއްލަ ފައިމައްޗަށް ތެދުވުމަށް ދިވެހިން ކުރާ މަސައްކަތް މިހާރުމިވަނީ ފެށިފައި ކަމަށާއި ބޭސްފަރުވާއަށާއި އަސާސީ ކާބޯތަކެއްޗަށް ވަކި ޤައުމަކަށް ބަރޯސާވުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން