އިންޑިޔާ ކަނޑުގެ އެންމެ ބޮޑު ބައި ހިއްސާކުރަނީ ދިވެހި ރާއްޖެ އިން ކަމަށާއި ބޭރުގެ ބޮޑެތި ގައުމަތަކަށް ރާއްޖެއަށް ނުރަނގަޅު ނުފޫޒު ނުފޯރުވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މާލެ ވަޑައިގެން ވެލާނާ އިންޓަނޭޝަލް އެއާޕޯޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގެ ރަށްތަކުގެ ސައިޒު ކިތަންމެ ކުޑަނަމަވެސް އިކޮންމިކް ޒޯން ވަރަށް ބޮޑު ކަމަށާއި އިންޑިޔާ ކަނޑުގައި ރާއްޖޭގެ ހިއްސާ ބޮޑުވާނެ ކަމަށެވެ. އެގޮތުން ރާއްޖެއަކީ ނުވަ ލައްކަ އަކަ ކިލޯމީޓަރުގެ ބޮޑު ގައުމެއް ކަމަށާއި އެއްވެސް ގައުމަކަށް ރާއްޖެ އަށް ނުރަނގަޅު ނުފޫޒެއް ނުފޯރުވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އިންޑިޔާ ކަނޑަކީ ވަކި ގައުމެއްގެ މިލްކެެއް ނޫން ކަމަށެވެ.



"މި ކަނޑުގައި (އިންޑިޔާ ކަނޑުގެ) އެއް ގައުމަކަށް އެންމެ ބޮޑު ހިއްސާއެއް އޮތް ގައުމަކަށް ވާނެ ދިވެހިރާއްޖެ، ވަކި ގައުމެއްގެ މިލްކެއް ނޫން މި ކަނޑަކީ. މި ކަނޑަކީ މި ކަނޑު ނިސްބަތްވާ ވަށައިލެވިފައިވާ ހުރިހާ ގައުމުތަކަކަށް ވެސް ނިސްބަތްވާ ކަނޑެއް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖެއަކީ އެއްވެސް ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން ކަމަށާއި ރާއްޖެ އަކީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށެވެ. އެހެން ނަަމަވެސް ކުރީގެ ސަރުކާރުގައި އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައި ވެސް އިށީނދެވެނީ' ވަކި ގައުމެއްގެ ރުހުން ހޯދައިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހީން މިހާރު އެގޮތް ބޭނުންނުވާ ކަމަށާއި އެއް ގައުމު އަނެއް ގައުމުގައި ހިނގާ އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖެ - ޗައިނާ ގުޅުމުގެ ތެރެއިން ރާއްޖޭގެ ދާޚިލީ އެއްވެސް ކަމަކަށް ޗައިނާއިން ނުފޫޒު ނުފޯރުވާ ކަމަށެވެ. އެގޮތުން ރާއްޖެ - ޗައިނާ ގުޅުމުގެ މައިގަނޑު އެއް އަސާސަކީ 'ނޯ އިންޓަފިއަރެންސް އިން އިންޓާނަލް މެޓާސް' ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

"އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ނުރަނގަޅު ގޮތް އެއީކީއެއް ދެ ގައުމުގެ ދޭތެރޭގަައި ގުޅުން ބޭއްވުމުގައި އޮންނަންޖެހޭ ހަމައެއް ނޫން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން