މިއަހަރުގެ އަޟްޙާ އީދު ނަމާދު މާލޭ ސިޓީގައި ބޮޑު ޖަމާއަތުގައި ނުކުރާގޮތަށް ނިންމައި އިސްލާމިކް މިނިސްޓްރީ އިން އެކަން އިއުލާންކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިއަންނަ އަޟްޙާ އީދު ނަމާދު މާލޭ ސިޓީގައި ބޮޑުޖަމާޢަތުގައި ސްޓޭޑިއަމްގައި ނުކުރާގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި މާލޭ ސިޓީގައި އީދު ނަމާދު އޮންނާނީ އިސްލާމީ މަރުކަޒާއި ހުކުރުކުރާ މިސްކިތްތަކުގައި ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފައިވެ އެވެ.
ކޯވިޑް-19 އާ ގުޅިގެން މާލެ ސިޓީގެ މިސްކިތްތައް މުޅިން ބަންދުކޮށްފައިވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އެއަށްފަހު ވަކިވަކިން ނަމާދު ކުރެވޭ ގޮތަށް މާލޭ ސިޓީގެ މިސްކިތްތައް ހުޅުވާލީ މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ.
މާލޭގެ ސަރަހައްދުގައި މިސްކިތްތަކުގައި ހުކުުރު ނަމާދު ޖަމާއަތުގައި ކުުރުމުގެ ހުއްދަ ދީފައިވަނީ މިހިނގާ ޖުލައި މަހުގެ 10 ގައެވެ. ކޯވިޑް-19 އާ ގުޅިގެން ފާއިތުވި ފިތުރު އީދު ނަމާދު ވެސް މިސްކިތްތަކުގައި ޖަމާޢަތުގައި ކޮށްފައިނުވާ ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު