މާލޭގެ މޭޔަރު ހޮވުމަށް މިއަދު ބޭއްވި ބައި -އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އާދަމް އާޒިމް ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރައްވައިފި އެވެ.

މިއަދު ހެނދުނު 8 އިން ހަވީރު 5 ޖެހުމާ ހަމައަށް ބޭއްވި މާލޭ ސިޓީގެ މޭޔަރަކު ހޮވުމަށް ބޭއްވި އިންތިހާބުގައި މިހާތަނަށް ގުނުނު 44 ވޯޓު ފޮށީގެ ނަތީޖާ ދައްކާ ގޮތުން އާޒިމް ވަނީ 5،303 ވޯޓު ހޯއްދަވާފައެވެ. ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ކެންޑިޑޭޓު އައިޝަތު އާޒިމާ ޝަކޫރަށް ލިބިވަޑައިގެންފައިވަނީ 3،301 ވޯޓެވެ. ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު މުހައްމަދު ސައިފް ފާތިހަށް 1،634 ވޯޓު ލިބިވަޑައިގެންފައިވާއިރު ޕީއެންއެފްގެ ކެންޑިޑޭޓު ހުސައިން ވަހީދަށް ލިބިވަޑައިގަތީ 1،236 ވޯޓެވެ. އަދި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ޝުއައިބު އަލީއަށް ލިބިވަޑައިގެންފައިވަނީ 91 ވޯޓް ކަމަށް މިހާތަނަށް އާންމު ކޮށްފައިވާ ވަގުތީ ނަތީޖާ ތަކުން ދައްކައެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން މޭޔަރުގެ އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް މިވަނީ ބޮޑުތަފާތަކުން ކާމިޔާބު ކުރައްވާފައެެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މޭޔަރު އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 56،002 މީހަކަށް ލިބިފައިވާ ކަމަށެވެ. މި އިންތިހާބުގައި ވޯޓުލާން ނުކުމެފައިވަނީ އޭގެ ތެރެއިން ގާތްގަނޑަކަށް 40 ޕަސަންޓު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން