މާލެ ސިޓީގެ މޭޔަރު އިންތިހާބު އާދަމް އާޒިމް ކާމިޔާބު ކުރުމަކީ ދިވެހިންނަށް ލިބުނު މުހިއްމު ކާމިޔާބެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް އިންތިހާބުވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ އިކޮންމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިއީ ހައްސާސް ދަނޑިވަޅެއްގައި މާލޭގެ ރައްޔިތުން އަދި ޖުމްލަކޮށް ދިވެހިންނަށް ލިބުނު މުހިންމު ކާމިޔާބެއް އަދި މުހިންމު މެސެޖެއް ކަމަށެވެ. ފައްޔާޒު ވަނީ އާޒިމް ހޯއްދެވި ކާމިޔާބީއަށް އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ.

މިއަދު ހެނދުނު 8 އިން ހަވީރު 5 ޖެހުމާ ހަމައަށް ބޭއްވި އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރެއްވީ 6000 ވަރަކަށް ވޯޓުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން