މޭޔަރުގެ އިންތިހާބުން ދެވަނައަށް ދިޔަ އައިޝަތު އާޒިމާ ޝަކޫރު ބަލި ގަބޫލުކުރަށްވައި އެ އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި މާލޭ ސިޓީގެ މޭޔަރުގެ އިންތިހާބުގައި ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝަކުރޫ ކުރެއްވި އެކްސްއެއްގައި މޭޔަރުގެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމަށް ވަނީ މަރުހަބާ ވިދާޅުވެފައެވެ. އާޒިމާ ވިދާޅުވީ ސިޔާސީ ފިކުރާއި ތާއިދުކުރާ މީހަކަށް ބެލުމެއް ނެތި މާލޭގެ ރައްޔިތުންނަށް ފައިދާކުރާނެހެން ދޭ ހުރިހާ ހިދުމަތަކަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

"އިންތިހާބީ މޭޔަރު އާދަމް އާޒިމް އިންތިހާބުގައި ހޯއްދެވި ކާމިޔާބީއަށް މަރުހަބާ. މާލޭގެ ރައްޔިތުންނަށް ފައިދާވާނެ ހުރިހާ ހިދުމަތްތަކަކަށް ޕާޓީގެ ފިކުރަކަށް ބެލުމެއް ނެތި އަޅުގަނޑު ތާއީދު ކުރާނަން،" ކުރިން ބަންޑާރަ ނައިބު ކަން ކުރެއްވި އާޒިމާ ވިދާޅުވި އެވެ.

އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ނުކުރި ނަމަވެސް، މިހާތަނަށް ގުނި 49 ފޮށީގެ ނަތީޖާއިން ދައްކާ ގޮތުގައި އާޒިމް ވަނީ މޭޔަރު ކަން ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާފައެވެ. މިހާތަނަށް އިއުލާން ކޮށްފައިވާ ވަގުތީ ނަތީޖާ ތަކުން ދައްކާ ގޮތުން އާޒިމް ވަނީ މި އިންތިހާބުގައި 7000 އަށްވުރެ ގިނަ ވޯޓު ހޯއްދަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން