އޭނާ އަކީ ދެކޮޅުވެރި ވާނެ ބޭފުޅެއް ނޫން ކަމަށާއި ވާނީ އެންމެންގެ ވެސް އެކުވެރިއަކަށް ކަމަށް މާލޭ ސިޓީގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

އާޒިމް މިހެން ވިދާޅުވީ މޭޔަރު ކަމަށް އިންތިހާބުވެ ވަޑައިގެންނެވުމަށްފަހު "ރާއްޖެޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

އެމްޓީސީސީގެ ކުރީގެ އެމްޑީ އާދަމް އާޒިމް ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް ވަޑައިގަންނަވަނީ ސަރުކާރާއި ދެކޮޅުވެރިވާން ނޫން ކަމަށާއި އޭނާ ވެވަޑައިގަންނަވާނީ އެންމެންގެ އެކުވެރިއަކަށް ކަމަށެވެ. އާޒިމް ވިދާޅުވީ މޭޔަރުކަމުގެ މަސްއޫލިއްޔަތު އަދާ ކުރާނީ އިހުލާސްތެރިކަމާއެކު ކަމަށެވެ. އަދި އެކަމުގައި ސަރުކާރާއި އެހެނިހެން މުއައްސަސާތަކުން އެއްބާރުލުން ދިނުން ވަރަށް މުހިއްމު ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށާއި އިސްރާފު ކުރުން ނޫން ހުރިހާ ކަމަކަށް އޭނާގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށެވެ. އެގޮތުން ރައްޔިތަކަށް ފަސޭހަވާނެ ކޮންމެ ކަމަކަށް ވެސް އެއްބާރުލުން ދެއްވާނެ ކަމަށާއި މިއަދުގެ ކާމިޔާބަކީ މާލޭގައި އުޅޭ ހުރިހާ ރައްޔިތުންނަށް ވެސް ލިބުނު ކާމިޔާބެއް ކަމަށް ވެސް އާޒިމް ސިފަކުރެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން