މާލޭގެ ރައްޔިތުންނަށް އެމަނިކުފާނުގެ ސަރުކާރުން ދިން ގޯތިތައް ހަވާލުކޮޒްދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް މިރޭ ގޮވާލައްވައިފިއެވެ.

ރައީސް ސޯލިހް މިކަމަށް ގޮވާލެއްވީ މާލޭ ސިޓީގެ މޭޔަރުކަން އާދަމް އާޒިމް ކާމިޔާބު ކުރެއްވުމާ ގުޅިގެން މިރޭ ބޭއްވި އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުންނެެވެ. ރައީސް ސޯލިހު ވަނީ ލަސްނުކޮށް ކުރީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދިން ގޯއްޗާއި ފްލެޓުތައް މިއަދުން މިއަދަށް ހަވާލުކުރުމަށް ރައީސް މުއިއްޒަށް ގޮވާލައްވާފައެވެ.

"ރައީސް މުޢިއްޒަށް އަޅުގަނޑު ދަންނަވާނީ ލަސްނުކުރަށްވާށޭ، މާލޭގެ ރައްޔިތުންނަަށް އަޅުގަނޑުމެން ދިން ގޯތިތަށް މިއަދުން މިއަދަށް ހަވާލު ކުރައްވާށޭ! ފުށިދިއްގަރުފަޅަށް މާލޭގެ ރައްޔިތުން ގެންދަވަން ނަހައްދަވާށޭ. ފްލެޓުތައް ހަވާލުކުރައްވާށޭ،" ސޯލިހު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ އިންތިހާބުން މާލޭ ރައްޔިތުންގެ ރުހުމެއް ހޯދަން ބޭނުންނަމަ ރައީސް މުއިއްޒު ކުރައްވަންވީ ކަމަކީ ފްލެޓާއި ގޯތި ދިނުން ކަމަށެވެ. އެހެން ނޫންނަމަ ސަރުކާރަަށް ބޮޑު ތަނުން މާލޭގެ ރައްޔިތުން ނޫނެކޭ ބުނާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސާލިޙު ވިދާޅުވީ މުއިއްޒު މިއަދު ކުރައްވާ ކަމަކީ ދޮގު ހެދުމާއި ނަފްރަތާއި ގަދަ ބަސް ބުނުން ކަމަށެވެ. އަދި އެކަމުން ކާމިޔާބެއް ނުލިބޭނެ ކަމަށް ސޯލިހު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ މިއީ މަޑުމައިތިރިކަމާއެކު ރައްޔިތުންގެ އަޑުއަހައިގެން، ކަންކަން ކޮށްދޭން ވެރިކަމަށް ގެނައި ސަރުކާރެއް ކަމަށެވެ. އެކަން އެގޮތަށް ނުކުރާނަމަ ރައްޔިތުން ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށް ސޯލިހް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން