މުޅި ރާއްޖެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ނޫނެކޭ ބުނާ ދުވަސް އޮތީ ވަރަށް ކައިރީގައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީގެ މޭޔަރުކަން އާދަމް އާޒިމް ކާމިޔާބު ކުރެއްވުމާ ގުޅިގެން މިރޭ ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވީ މާލޭގެ 71 ޕަސެންޓް ރައްޔިތުން ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފައިވާ ކަމަށެވެ. އަދި އެއީ މާލޭގެ ރައްޔިތުން ދިން މެސެޖެއް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ވެރިކަމަށް އައިތާ ދެ މަސް ނުވަނީސް މި ސަރުކާރުގެ ސިޔާސަތުތަކަށް މާލޭގެ ރައްޔިތުން ނޫނެކޭ ބުނީ ސަބަބެއް ނެތި ނޫން ކަމަށެވެ. އެގޮތުން މި ސަރުކާރު ވެރިކަމަށް އަންނަން ވެގެން ހެދި ހުރިހާ ދޮގުތަކެއް ފަޅާ އަރާފައިވާ ކަމަށްވެސް ސޯލިހު ވިދާޅުވި އެވެ.

"ސަރުކާރުގެ އަސްލު ސިފަ މިއަދު ހާމަވާން ފަށައިފި. މާލޭގެ ރައްޔިތުން ނޫނެކޭ ބުނެފި. އަޅުގަނޑު ދަންނަވާނީ ކުރިއަށް އޮތް ތަނުގައި މުޅި ރާއްޖެއިން މި ސަރުކާރަށް ނޫނެކޭ ބުނާ ދުވަސް އޮތީ ވަރަށް ކައިރީގައި،" ރައީސް ސޯލިހު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން