އިއްޔެ ބޭއްވި މ. މުލަކުގެ އަންހެނުންގެ ތަެރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންގެ ގޮނޑި ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް ނަގައިފި އެވެ.

މުލަކުގެ ގޮނޑި ކާމިޔާބު ކުރީ ޒައީމާ އަބްދުއް ރަޝީދު އެވެ.

އިއްޔެގެ އިންތިހާބު ޒައިމާ ކާމިޔާބު ކުރެއްވީ 243 ވޯޓާ އެކު އެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް މަރިޔަމް ހަސަންއާ ވާދަ ކުރައްވައިގެން ނެވެ.

މަރިޔަމްއަށް ލިބިވަޑައިގެންނެވީ 229 ވޯޓެވެ.

މުލަކުގެ އަންހެނުންގެ ތަރައްގީގެ ބައި އިލެކްޝަން ޕީއެންސީގެ ކެންޑިޑޭޓް ކާމިޔާބު ކުރެއްވި އިރު އިއްޔެ ބޭއްވި މާލޭ ސިޓީ ކައުންސިލްގެ އިންތިހާހާބުގެ ވެސް ދެ ގޮނޑި ޕީއެންސީން ކާމިޔާބު ކުރި އެވެ. ނަމަވެސް މާލޭގެ މޭޔަރުގެ ގޮނޑިއާއި އިތުރު އެހެން ގޮނޑިއެއް އެމްޑީޕީއިން ވަނީ ކާމިޔާބުކޮށްފަ އެވެ.

މާލޭގެ މޭޔަރުކަމަށް އިންތިހާބުވެ ވަޑައިގެންނެވީ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދާމް އާޒިމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން