ހަ ސްކޫލެއްގައި ސްޓެމް އެޑިއުކޭޝަން ފަށަން ކޮންސަލްޓެންޓުން ހޯދަން އިއުލާންކޮށްފި އެވެ.

ސްޓެމް އެޑިއުކޭޝަން ފަށަން ނިންމާފައި ވަނީ ނ. ހޮޅުދޫ މޭނާ ސްކޫލާއި، ރ. ހުޅުދުއްފާރު ސްކޫލް، ބ. އަތޮޅު ތައުލީމީ މަރުކަޒު، ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ހއ. އިހަވަންދޫ ސްކޫލާއި ހދ. އަފީފުއްދީން އަދި ށ. ފުނަދޫ ސްކޫލުގައެވެ.

ސްޓެމް އެޑިއުކޭޝަން މި ރަށްރަށުގައި ގާއިމް ކުރަނީ މޯލްޑިވްސް އެޓޯލްސް އެޑިއުކޭޝަން ޑިވޮލޮޕްމަންޓް ފަންޑުގެ ދަށުން ނެވެ. އަދި އެ ޕްރޮޖެކްޓަށް ވަނީ ވޯލްޑް ބޭންކުގެ އެހީވެސް ލިބިފަ އެެވެ.

ސްޓެމް އެޑިއުކޭޝަންގެ ތެރޭގައި ހިމެނެނީ ސައިންސް، ޓެކްނޮލޮޖީ، އިިންޖިނިއަރިން އަދި މެތަމެޓިކްސް އެވެ.

މި ދާއިރާތަކަކީ ގައުމުގެ ތަރައްގީއަށް ވަރަށް މުހިންމު ދާއިރާތަކަކަށްވާއިރުު ސަރުކާރުން ފަހަކަށް އައިސް ދަނީ އެ ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ނެވެ.

ކޮންސަލްޓަންޓްގެ މަގާމަށް ކުރިމަތިލާއިރު ކޮމްޕިއުޓާ ސައިންސް، ސޮފްޓްވެއާ އިންޖިއަރިން ނުވަތަ އެއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް އެތުމާއެކު ޕައިތަން ފަދަ ޕްރޮގްރާމް ލެންގުއޭޛުތަކަށް އަހުލުވެރިވެފައިވާ މީހަކަށް ވާން ޖެހޭނެ އެވެ. އަދި މަސައްކަތަށް ޝައުގުވެރިވާ ނަމަ އެކަން މި މަހުގެ 25ގެ ކުރިން އަންގަން ވެސް ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން