ނާއިބު ރައީސް އާޒިމާއާއެކު--
ނާއިބު ރައީސް އާޒިމާއާއެކު--
ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝޫކުރޫ ދެއްކެވީ ސިޔާސީ މައިދާނުގައި އަންހެނުން ކުރިއެރުމުގެ ނަމޫނާއެއް ކަމަށް ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

އިއްޔެ ނިމިގެން ދިޔަ މާލޭގޭ މޭޔަރުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރެއްވީ އާޒިމާ އެވެ.

ނަމަވެސް އާޒިމާ ވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދާމް އާޒިމާ ވާދަކުރައްވައި ބަލިވެވަޑައިގެންފަ އެވެ.

ނާއިބު ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޕީއެންސީގެ ޓިކެޓުގައި މާލެސިޓީ މޭޔަރު ކަމަށް ވާދަކުރައްވައި އާޒިމާ ދެއްކެވި ހިއްވަރާއި ސާބިތުކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.

"ތިޔަ ދެއްކެވި މިސާލަކީ ސިޔާސީ މައިދާނުގައި ކުރިއަށް ވަޑައިގަންނަވާ އަންހެން ބޭފުޅުންނަށް ފުރިހަމަ ނަމޫނާއެއް." ނާއިބު ރައީސް ވިދާޅުވި އެވެ.

އިއްޔެގެ އިންތިހާބުގައި އާޒި،މާއަށް ލިބިވަޑައިގެންނެވީ 5032 ވޯޓެވެ. އަދި އާޒިމަށް 7621 ވޯޓު ލިބިވަޑައިގެންނެވި އެވެ.

އިއްޔެގެ އިންތިހާބުގައި ވޯޓު ލާފައި ވަނީ 17،410 މީހުން ނެވެ. މިއީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އެންމެ 31.84 ޕަސެންޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން