ކައުންސިލް އިންތިހާބުތަކަށް ލިބޭ ތަރުހީބު ކުޑަވާތީ އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިއްޔެ ވަނީ މާލޭ ސިޓީ ކައުންސިލްގެ ތިން ގޮނޑިއަކާއި އަދި މ. މުލަކުގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ވަނީ ބާއްވައުފަ އެވެ.

އޭގެ ތެރެއިން މާލޭ ސިޓީ ކައުންސިލްުގެ އިންތިހާބުގައި ވޯޓު ލާފައި ވަނީ 17،410 މީހުން ނެވެ. އެއީ ވޯޓުލުމު ހައްގުލިބިގެންވާ މިހުނެގެ 31.84 ޕަސެންޓެވެ. އެންމެ ފަހުން ބޭއްވި މާލޭ ސިޓީ ކައުންސިލްގެ އިންތިހާބުގައިި ވޯޓު ލާފައި ވަނީ 40 ޕަސެންޓެވެ.

އަދި މުލަކުގެ އިންތިހާބުގައި މިފަހަރު ވޯޓުލީ 50 ޕަސެންޓް އެވެ.

އެހެންކަމުން ސިޓީ ކައުންސިލްތަކުގެ އިންތިހާބުތަކަށް އެކަށީގެންވާ ވަރަށް ތަރުހީބު ނުލިބޭތީ އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

"މިއީ އަދި ރަށެއްގައި އެންމެ 50 ޕަސެންޓް ވޯޓު ލީ." ހަބީބް ވިދާޅުވި އެވެ.

ހަބީބް ވިދާޅުވީ ވޯޓު ލާން ނުކުންނަ މީހުން މަދުވާތީ އެކަމާ ގުޅޭ ދިރާސާއެއް ގައުމީ ޔުނިވާސިޓީއިން ނަމަވެސް ކުރަން ޖެހޭ ކަމަށް ހަބީބު ވިދާޅުވިއެވެ.

ހަބީބް އިތުރަށް ވިދާޅުވީ އިންތިހާބުތަކަށް މީހުން ކުރިމަތިލަނީ ވެސް ވަރަށް މަދުން ކަމަށެވެ. މި ފަހަރުގެ މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ވެސް ކުރިމަތި ލީ އެންމެ ދެ ކަނޑިޑޭޓުން ނެވެ. އެއީ ޕީއެންސީން އަދި އަމިއްލަ ގޮތުން ކުރިމަތިލެއްވި ދެ ކަނޑިޑޭޓުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން