އަހުޒަމް އަޙްމަދު   14 ޖެނުއަރީ 2024 - 17:33
ފ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓެއްގެ ސައިކަލަށް ގެއްލުން ދީފި އެވެ.

ގެއްލުން ދިނީ ޕީއެންސީގެ ޓިކެޓްގައި ރައީސް ކަަމަށް ވާދަކުރައްވާ ހައްވާ އަބްދުލް އަޒީޒްގެ ސައިކަލަށެވެ.

ހައްވާ "ރަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭނާގެ ސައިކަލަށް ގެއްލުން ދިނީ ރޭގައި ކަމަށެވެ. އަދި ސައިކަލުގެ މަޑީގައި ކަޓަރު އަޅައި ކަފާލައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހައްވާ ވިދާޅުވީ މީގެ ކުރިން ދުވަހަކުވެސް އެފަދަ ކަމެއް ދިމާވެފައި ނުވާ ކަމަށާއި އަދި އޭނާއާ ރަށުގައި ޖައްސާލައިގެން އުޅޭ މީހަކުވެސް ނޫޅޭ ކަމަށެވެ. އެހެންވެ ޝައްކު ކުރެވޭ މީހަކުވެސް ނެތް ކަމަށް ހައްވަ ވިދާޅުވިއެވެ.

"ނަމަވެސް މިކަން ދިމާވީ ކައުންސިލް އިންތިހާބާ ދިމާކޮށް ކަމަށްވާތީ ބުރަ ވެވިދާނެ މިއީ އިންތިހާބާ ގުޅިގެން ދިން ގެއްލުމެއް ކަމަށް." ހައްވަ ވިދާޅުވި އެވެ.

ފ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަލީ މުހައްމަދު މި ސަރުކާުރުގެ ސިޔާސީ މަގާމަކަށް އައްޔަނުކުރެއްވުމާ ގުޅިގެން އޭނާ އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ނެވެ.

ފ. އަތޮޅު ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި އިލެކްޝަންސް އޮންނާނީ އަންނަ މަހު 10 ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން