މިއަހަރުވެސް ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ ޕާސްޕޯޓެއްގެ ގޮތުގައި ދިވެހި ޕާސްޕޯޓް ހޮވިއްޖެއެވެ.

ހެންލީ ޕާސްޕޯޓް ރޭންކިންގގައި މިިދިޔަ އަހަރުވެސް ދިވެހި ޕާސްޕޯޓް ވަނީ ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ ޕާސްޕޯޓްގެ މަގާމް ހޯދާފައެވެ.

2024 ވަނަ އަހަރުގެ ހެންލީ ޕާސްޕޯޓް ރޭންކިންގައި ދިވެހި ޕާސްޕޯޓަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. އެގޮތުން، ވިސާ-ފްރީކޮށް 94 ގައުމަކަށް ދިވެހި ޕާސްޕޯޓް ބޭނުންކޮށްގެން އެތެރެވެވޭނެ ގޮތް ހެދުމާއެކު ރާއްޖެ ވަނީ ބައިނަލްއަގްވާމީ ރޭންކިންގގައި 54 ވަނަ ޖާގަ ކަށަވަރު ކޮށްފައެވެ. މިއީ 2023 ވަނަ އަހަރު ހެންލީ ރޭންކިންގައި ދިވެހި ޕާސްޕޯޓަށް ލިބުނު 61 ވަނަ މަގާމުން ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. މިއީ ރާއްޖޭގެ ޚާރިޖީ ނުފޫޒު ބޮޑުވަމުން އަންނަކަން ހާމަކޮށްދޭ ކަމެއްވެސް މެއެވެ.

ހެންލީ ރޭންކިންގގައި ހިމެނޭ ދެކުނު އޭޝިއާގެ އެހެން ގައުމުތަކަށް ބަލާއިރު އިންޑިއާ ވަނީ ލިސްޓްގެ 80 ވަނަ މަގާމުގައެވެ. އިންޑިއާ ޕާސްޕޯޓުގައި ވިސާ-ފްރީކޮށް އެތެރެ ވެވެނީ 62 ގައުމަކަށެވެ. ލިސްޓުގައި 87 ވަނަ ރޭންކިންގ ހޯދާފައިވާ ބޫޓާން ޕާސްޕޯޓްގައި ވިސާއާއި ނުލައި އެތެރެވެވޭނީ 55 ގައުމަކަށެވެ.

ދިވެހި ޕާސްޕޯޓަށް ހެންލީ ރޭންކިންގގައި ކާމިޔާބީތަކެއް ހާސިލުކުރެވިފައިވަނީ ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ވަރުގަދަވެ، ގައުމުތަކާ މެދުގައި ބަހައްޓާ ހަރުދަނާ ގުޅުމާއި، ދުނިޔޭގެ ދަތުރުފަތުރާއި ބައިނަލްއަގްވާމީ ގުޅުންތައް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުންކަން ހާމަވެގެންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން