އަހުޒަމް އަޙްމަދު   14 ޖެނުއަރީ 2024 - 19:13
ކުރިން ރާއްޖޭގައި ހިންގި މުސްލިމް ވޯލްޑްގެ ރާބިތަތުލް ޢާލަމިލް އިސްލާމީގެ އޮފީސް އަލުން ހުޅުވަން މަޝްވަރާކޮށްފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިހާރު ސައުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ ރާބިތަތުލް އާލަމިލް އިސްލާމީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ޑރ. ޢަބްދުއްރަޙްމާން ބިން ޢަބްދުﷲ ޒައިދުއާއި މިއަދު ބައްދަލުކުރައްވައިފަ އެވެ.

އަދި އެ ބައްދަލުވުމުގައި މިނިސްޓަރު ޝަހީމް ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އިސްލާމީ ތަަސައްވުރު ހިއްސާކުރައްވާފައެވެ. އަދި ރާބިޠާއާއި ރާއްޖެއާ ދެމެދު ގުޅުން އިތުރަށް ވަރުގަދަކޮށް އެ ވުޒާރާއާއި ރާބިތާއާ ދެމެދު 2012-2015 އަށް ސޮއިކޮށްފައިވާ ތިން އެއްބަސްވުމަށް އަމަލުކުރަން ފަށައި، ރާއްޖޭގައި ރާބިޠާގެ އޮފީސް އަލުން އިއާދަ ކުރުމަށް މަޝްވަރާކުރައްވައިފަ އެވެ،

އޭގެ އިތުރުން ރާއްޖޭގެ އިސްލާމީ ފަތުވާ ކައުންސިލް ތަރައްގީ ކުރުމުގައި ރާބިޠާގެ އިސްލާމީ ފިގުހު އެކަޑަމީގެ އެހީތެރިކަން ހޯދުމާމެދު ވެސް މަޝްވަރާކުރެއްވިއެވެ. މިބައްދަލުވުމުގައި ރާއްޖޭގެ އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއާއި ސައުދީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އޮފިޝަލުން ބައިވެރިވެޑައިގެންނެވިއެވެ.

ޝަހީމް މިހާރު ސައުދީއަށް ވަޑައިގެން އުޅުއްވަނީ ހައްޖާއި އުމްރާ ކޮންފަރެންސް އަށެެވެ.

މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު ދީނީ ކަންކަމަށް ދޭ އަހައްމިއްޔަތުކަން ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން ފާހިޝު އަމަލުތަކަށް ވަދެވޭ ސައިޓުތައް ބްލޮކްކޮށް އަދި ފަގީރުކަން ނައްތާލަން ޒަކާތު ހައުސްއެއްވެސް ވަނީ އިފްތިތާހުކޮށްފަ އެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން