އިންފްރާސްޓްރަކްޗާގެ މަސައްކަތްތަކަށް މުޅިން އައު ކުންފުންޏެއް އުފައްދަން އުޅޭ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ޥާހަކަދައްކަވަމުން ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ ދައުލަތުގެ ކުންފުނި އެމްޓީސީސީއަށް އެއްފަހަރާ އެހާ ބައިވަރު އިންފްރާސްޓްރަކްޗާގެ މަސައްކަތްތައް ކުރަން އުނދަގޫވާނެ ކަމަށެވެ. އޭގެ ސަބަބުން އެކުންފުނިން ހިންގާ ވަަރަށް ބައިވަރު މަޝްރޫޢުތައް ހުއްޓުމަކަަށް އައިސްފައިޥާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެން ކަމުން، މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށްގެންދިއުމަށްޓަކައި އައު ކުންފުންޏެއް އުފައްދަން ވަޒީރުންގެ މަޖިލީހުން ނިންމެވީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނޭ ފަދައިން އެމްޓީސީސީގައި މިވަގުތު އޮތީ ވަރަށް ބައިވަރު މަސައްކަތްތައް ފުނިޖެހިފައި. "އެބޭފުޅުންނަށް ކުރެވޭ ވަރަށް ވުރެ މަސައްކަތްތަކުގެ އަދަދު ގިނަވެ، މަސައްކަތްތައް ބޮޑުވެފައިވާތީވެ އެކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކުރެވުނު މަޝްވަރާއެއް." ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރަށްވެސް ނާޒިމް ވިދާޅުވީ ދައުލަތުގެ ކުންފުނިތަކުގެ ޕާފޯމަންސް ބެލުމަށް ޕާފޯމަންސް އިންޑިކޭޓަރތައް ކަނޑައަޅަން ނިންމާފައިވާ ކަމަށެވެ. އޭގެ ދަށުން 2025 ވަނަ އަހަރުގެ ނިޔަލަށް އެކުންފުނިތަކުގެ ތެރެއިން އެންމެ ދަށްކޮށް މަސައްކަތްކުރާ ކުންފުނިތައް ދެނެގަންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ދައުލަތުގެ ކުންފުނިތައް ހަރުދަނާ ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރުގެ ހަފުތާ 14 ގައި ހިމަނުއްވާފައިވާ ވައުދެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން