ފޮޓޯ: މިނިސްޓްރީ އޮފް އެޑިއުކޭޝަން
ފޮޓޯ: މިނިސްޓްރީ އޮފް އެޑިއުކޭޝަން
ކުރިއަށް އޮތް ދިރާސީ އަހަރު ރާއްޖޭގެ ގައުމީ ތައުލީމީ މަންހަޖުގައި "ދިވެހި ޤައުމިއްޔަތު" ވަކި މާއްދާއެއްގެ ގޮތުގައި ހިމަނައިގެން ކިޔަވައިދޭން ފަށާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ސަރުކާރުން މި ނިންމުން ނިންމީ ޖެނުއަރީ 10 ގައި އޮތް ސޯޝަލް ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ.

ދިވެހި ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމުގެ ކަރުދާސް ސޯޝަލް ކައުންސިލަށް ހުށަހެޅީ އެޑިއުކޭޝަން މިނިސްޓްރީންނެވެ. ދިވެހި ގައުމިއްޔަތުގެ ރުކުންތަކާއި އަގުތަކަށް އިސްކަންދީ، ގައުމިއްޔަތަށް ލޯބިކުރާ އަދި ގައުމިއްޔަތުގެ ބަހާތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމަށްޓަކައި ދިވެހި ޤައުމިއްުޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ސަރުކާރުން ނިންމީކަމަށް ނާޒިމް ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރާނީ ރައީސް އޮފީހާއި މަޝްވަރާކުރުމަށްފަހުގައި ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ދިރާސީ އައު އަހަރު ދިވެހި ގައުމިއްޔަތު މާއްދާ ފަށައި، ސްކޫލުތަކުގައި ކިޔަވައިދިނުމަށް ޓައިމްލައިނާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ވާނީ އަންގާފަ." ނާޒިމް ވިދާޅުވިއެވެ.

މިހާރު ހިނގަމުން މިދާ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ނިމޭނީ އޭޕްރީލް 30 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން