ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ޖަލްސާ އަންނަ މަހުގެ 5 ވަނަ ދުވަހަށް ރައްޔިތުންގެ މަޖިލީހުން ތާވަލުކޮށްފިއެވެ.

މި ޖަލްސާގައި ރައީސް މުޢިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުމަށް ވަނީ ހަަމަޖެހިފައެވެ. އަންނަ މަހުގެ 5 ވާ ހޯމަ ދުވަހުގެ ހެނދުނު ނުވައެއް ޖަހާއިރު އެ ޖަލްސާ ބޭއްވުމުގެ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން މަޢުލޫމާތުދީފައި ވެއެވެ.

"ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ 5 ފެބުރުވަރީ 2024 ވާ ހޯމަ ދުވަހުގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް މުޙައްމަދު އަސްލަމް ނިންމަވައިފި. ޖަލްސާ އޮންނާނީ އެެ ދުވަހުގެ ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީހުގައި." މަޖިލީހުގެ އިދާރާއިން ބުނެފައި ވެއެވެ.

ކޮންމެ އަހަރެއްގައިވެސް މަޖިލީސް ހުޅުވުމަށް ބާއްވާ ޖަލްސާގައި ޤައުމުގެ ޙާލަތު ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތައް ހިއްސާކުރައްވާ ރިޔާސީ ބަޔާނެއް އިއްވަން ޤާނޫނު އަސާސީން ލާޒިމްކުރެއެވެ.

މިއަހަރު ފެބްރުވަރީ 5 ގައި މަޖިލީސް ހުޅުވިގެންދިޔަ ނަމަވެސް، ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ދައުރު ހަމަވާތީ ކުރިއަށް އޮތް ދައުރަށް މަޖިލީހަށް މެމްބަރުން އިންތިހާބުކުރުމަށް މާޗު 17 ގައި އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އިޢުލާން ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން