އިންޑިއާގެ ސަފީރު މުނޫ މަހާވަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ބައްދަލުކުރައްވަނީ.
އިންޑިއާގެ ސަފީރު މުނޫ މަހާވަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ބައްދަލުކުރައްވަނީ.
ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ގެންދިއުމަށް އެއްބާރުލުން ދީ، މި މަސައްކަތް އަވަސްކުރަން އެހީވާން އިންޑިއާއިން އެއްބަސްވެއްޖެއެވެ.

ދިވެހި ސަރުކާރުގެ މި މަސައްކަތަށް އިންޑިއާއިން އެއްބާރުލުން ދޭން ނިންމާފައިވަނީ، ދިވެހިރާއްޖެއާ އިންޑިއާއިން މަޝްވަރާކުރަން ޖެހޭ ކަންކަމާއި ގުޅިގެން ދެ ޤައުމުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާ ހައިލެވެލް ކޮމިޓީގެ ބައްދަލުވުމެއްގައެވެ.

މިއަދު ދިވެހި ޚާރިޖީ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ދިވެހި ސަރުކާރުން ނިންމަވާފައިވާގޮތަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތަށް އެއްބާރުލުންދީ އެމަސައްކަތް ބާރު ސްޕީޑަށް ގެނައުމަށް އެހީތެރިވެދޭނެކަން އިންޑިއާގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ. މިބައްދަލުވުމުގައި އިންޑިއާ ސިފައިން، މާޗް 15 ގެ ކުރިން އަނބުރާ ޤައުމަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގަންނަވާކަން ދިވެހި ވަފްދުން ވަނީ ހާމަކޮށްފައެވެ.

ދެޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް މިއަދު ފަށާފައިވާއިރު، ދުބާއީގައި ކުރިއަށްދިޔަ ކޮޕް-28 ގެ ހަވާސާގައި ރައީސް ޑރ. މުޢިއްޒު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ބައްދަލުކުރައްވައި ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން އަނބުރާ ގެންދިއުމަށް އެދިވަޑައިގެންފައެވެ.

އިންޑިއާ ސިފައިން ފޮނުވާލުމުގައި ރައީސް މުޢިއްޒުގެ އަމާޒަކީ އިންޑިއާ ސަރުކާރާއި ވާހަކަ ދައްކައިގެން ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރެއްވުމެވެ.

އެގޮތުން މިއަދު ކުރިއަށްދިޔަ ހައިލެވެލް ކޮމިޓީ ބައްދަލުވުމުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މާހަވަރާއި ބައެއް ސީނިއާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި ދެގައުމުގެ ހާރިޖީ ގުޅުން ބަދަހިކޮށް، އިންޑިއާގެ އެހީގައި ރާއްޖޭގައި މިހާރު ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތައް ހިންގުން އަވަސްކުރުމުގެ އިތުރުން، އިންސާނީ އެހީ ފޯރުކޮށްދީ ކުއްލި ހާލަތްތަކުގައި ދެމުންދާ މެޑިކަލް އިވެކުއޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދުމަށް މަޝްވަރާކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން