ކޮވިޑާއި ގުޅިގެން ރާއްޖެ އަށް ކުރިމަތިވާ އިގްތިސޯދީ ގެއްލުމުން އަރައިގަތުމަށް ވީހާވެސް ގިނަ ޓޫރިސްޓުން ރާއްޖެ އައުމަކީ ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ 55 ވަނަ މިނިވަން ދުވަހާ ގުޅިގެން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންނާއެކު ވާޗުއަލްކޮށް ފޮރިން މިނިސްޓްރީން ބޭއްވި ރިސެޕްޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އިގުތިސޯދީ ގޮތުން ކިތަންމެ ބޮޑު ގެއްލުމެއްވީ ނަމަވެސް ބޯޑަރު ބަންދު ކުރަން ޖެހުނު ކަމަށެވެ. އެހެން ނަމަވެސް މިހާރު އަލުން ބޯޑަރު ހުޅުވާލައި ޓޫރިސްޓުންނަށް ރާއްޖެ މަރުހަބާ ކިޔަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންވެ، ގެއްލުމުން އަރައިގަތުމަށް ވީހާވެސް ގިނަ ޓޫރިސްޓުން ރާއްޖެ އައުމަކީ ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ކަމެއް ކަމަށާއި އެކަމުގައި އެކުވެރި އެހެން ގައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. ރައީސް ސޯލިހު ވިދާޅުވީ މި ވަގުތު ދަތުރު ކުރުމަށް އެންމެ ރައްކާތެރި ތަނަކީ ރާއްޖޭގެ ރިސޯޓްތައް ކަމަށެވެ. ސަލާމަތީ އަދި ރައްކާތެރި ފިޔަވަޅުތަކާއެކު ރާއްޖޭގެ ރިސޯޓްތަކަކީ ވަކިން އެކަހެރިކޮށް ހުންނަ ތަންތަނަށްވާތީ އެންމެ ބޮޑު ރައްކާތެރިކަމެއް ލިބޭނީ އެތަނުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމުގެ އިތުރުން ދުނިޔެއަށް ދިމާވެފައިވާ އެހެން މައްސަލަތަކުގައި ވެސް އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށް ރައީސް ވިދާޅުވި އެވެ. މިއަދުގެ ދުނިޔޭގައި އެއްވެސް ގައުމަކަށް އެކަނި، އެކަހެރިވެގެން ނޯވެވޭނެ ކަމަށާއި މައްސަލަތައް ހައްލު ކުރެވޭނީ އެކުގައި ކުރެވޭ މަސައްކަތްތަކުން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ގައުމުތަކުގެ އެހީތެރިކަން ކޮންމެ ގައުމަކަށް ވެސް ބޭނުންވާނެކަން މި ބަލިމަޑުކަމުން ވެސް އެނގިގެން ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުގެ ފޮރިން ޕޮލިސީގެ އެންމެ މުހިންމު އަސާސަކީ ބައިނަލްއަގްވާމީ މުޖުތަމައުއާ ވީހާވެސް ބޮޑަށް ގުޅިގެން މަސައްކަތް ކުރުން ކަމަށާއި އެކަން އެގޮތުގައި ދަމަހައްޓަވާނެ ކަމަށް އިނގިރޭސި ބަހުން ދެއްވި ތަގުރީރުގައި ރައީސް ސޯލިހު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު