ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން.
ދިވެހިރާއްޖެއިން އަބަދުވެސް ތާއީދު ކުރާނީ "ވަން ޗައިނާ" ޕޮލިސީއަށް ކަމަށް ދިވެހި ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.

ޓައިވާނުގެ އިލެކްޝަނާއި ގުޅިގެން ދިވެހި ސަރުކާރުން އާންމުކުރި ބަޔާނެއްގައި ޗައިނާ ސަރުކާރާ ވަކިވެގަނެފައިވާ ޓައިވާނާއެކު ދިވެހިރާއްޖެއިން ގުޅުމެއް ނުބާއްވާ ކަމަށާއި، ދިވެހިރާއްޖެއިން އަބަދުވެސް ތާއީދު ކުރާނީ ޗައިނާ ސަރުކާރުން ޕްރޮމޯޓް ކުރާ "ވަން ޗައިނާ" ޕޮލިސީއަށްކަމަށް ހާމަކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ދެގައުމު އެކުގައި ނެރުނު ގުޅިފައިވާ ބަޔާނުގައިވެސް ޗައިނާއިން ޕްރޮމޯޓް ކުރާ "ވަން ޗައިނާ" ޕޮލިސީއަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދު ކުރާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން ދުނިޔޭގައި އޮތީ އެންމެ ޗައިނާއެއްކަމާއި، މުޅި ޗައިނާ ތަމްސީލުކުރާ ހަމައެކަނި ގާނޫނީ ސަރުކާރަކީ ޗައިނާގެ ސަރުކާރުކަމަށް ދިވެހިރާއްޖެއިން އެއްބަސްވާކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފައިވެއެވެ.

ޗައިނާ އަދި ރާއްޖެއިން ނެރުނު ގުޅިފައިވާ ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަން ފާހަގަކޮށް މިއަދު ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ދިވެހިރާއްޖެއިން ޓައިވާނަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައި ނުގަންނަކަމަށާއި، ރާއްޖެއާއި ޓައިވާނާ ދެމެދު ރަސްމީ ގުޅުމެއް ނުބާއްވާނެކަން ހާމަކޮށްފައިވެއެވެ. އަދި ޗައިނާގެ އިސްތިގުލާލާއި ސަރަހައްދީ އެއްބައިވަންތަކަމަށް ބުރޫއަރާ ކަންކަމުގައި ދިވެހިރާއްޖެއިން ތާއީދު ނުކުރާނެކަން ފާހަގަކޮށްފައިވެއެވެ.

މިބަޔާނުގައި ދިވެހި ސަރުކާރުން ވަނީ ޗައިނާގެ އިސްތިޤްލާލާއި މިނިވަންކަމާއި ޤައުމީ ކަރާމާތް ދެމެހެއްޓުމަށް ކުރާ މަސައްކަތަށް ފުރިހަމައަށް ތާއިދުކުރާކަން ފާހަގަކޮށް، ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ އެހެން ގައުމުތަކުން ވަދެ ނުފޫޒު ފޯރުވުމާއި ދެކޮޅުކަން ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން