ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރަން ބޭނުންފުޅުވާ ފަރާތްތަކުން ހޮވުމަށް ބާއްވާ އެމްޑީޕީ ޕްރައިމަރީ އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެމްޑީޕީ އިން މިއަދު ބުނެފިއެވެ.

ޕްރައިމަރީ ތާވަލުކޮށް އާންމު ކުރި އިޢުލާނުގައި އެމްޑީޕީން ބުނީ އެޕާޓީގެ ޕްރައިމަރީ އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ ތިނެއްވާ ހޮނިހިރު ދުވަހުކަމަށެވެ. މިއިއުލާނުގައި އެޕާޓީގެ ގެ ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކާއި، އެދާއިރާތަކަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ނަންތައް ކެންޑިޑޭޓް ނަންބަރާއިއެކު އާންމުކޮށްފައިވެއެވެ.

އެމްޑީޕީގެ އިއުލާނުގައި ވާގޮތުން އެޕާޓީގެ ޕްރައިމަރީގައި 43 ދާއިރާއަކަށް ވޯޓުލުން ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އެމްޑީޕީގެ ޕްރައިމަރީގައި ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވާ 111 މެމްބަރުންގެ މެދުގައެވެ.

މީގެއިތުރުން، ޕްރައިމަރީ އަކާއި ނުލާ ތިރީހަކަށް މެމްބަރުންނަށް އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގައި ވާދަކުރުމަށް ފުރުސަތު ދީފައިވާކަމަށް އެޕާޓީގެ ބައެއް މެމްބަރުން ބުނެއެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މާޗު މަހުގެ 17ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން