ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އަށް އިލެކްޝަންސް ކޮމިޝަނުން އެކުލަވާލާފައިވާ ޤައުމީ ލަފާދޭ ކޮމިޓީއަށް ހާއްސަ އެހީއަށް ބޭނުންވާ މީހުން ތަމްސީލުކުރަން ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤައުމީ ލަފާދޭ ކޮމިޓީއަށް، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ތަމްސީލުކުރުމަށް ޝައުގުވެރިވާ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް މިހާރު މިފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ. އަދި މިފުރުސަތު ހުޅުވާލެވިފައިވާނީ މިއަދުން ފެށިގެން 2024 ޖަނަވަރީ 28 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ކަމަށް ޙަބީބު ވިދާޅުވިއެވެ.

އެގޮތުން ޝައުގުވެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުން އެކަން ބަޔާން ކުރެއްވުމަށްފަހު، އެ ޖަމްޢިއްޔާއެއްގެ ޕްރޮފައިލް އަދި ރަސްމީ ލެޓަރ ހެޑުގައި، ސިޓީއެއް ފޮނުއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިފައެވެ.



މިއަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 2024 މާރިޗް 17 ވާ އާދީއްތަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން