އަހުޒަމް އަޙްމަދު   15 ޖެނުއަރީ 2024 - 14:5
އެންމެ ކެންޑިޑޭޓަކު ކުރިމަތިލެއްވުމުން ތިން ކައުންސިލެއްގެ ބައި އިލެކްޝަންގެ ގޮނޑިތައް އޮޓަމެޓިކުން ވެރިކަންކުރާ ޕީއެންސީއަށް ކަށަވަރުވެއްޖެ އެވެ.

ކ. އަތޮޅު ކައުންސިލް ރައީސް އާއި ށ. މަރޮށި އަދި ގދ، ފަރެސްމާތޮޑާގެ ކައުންސިލަށް މެމްބަރަކު އައްޔަނުކުރަން ހުޅުވާލުމުން ކުރިމަތިލީ ވެރިކަން ކުރާ ޕީއެންސީން އެކަންޏެވެ.

އެ ގޮނޑިތަކަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ހަފްތާގައި އޮތީ ހަމަވެފަ އެވެ.

އެެއާއެކު އެ ތިން މަގާމަށް ވެސް އެންމެ މީހަކު ކުރިމަތިލުމުން އެ މީހުންނަށް މިހާރު ވަނީ ގޮނޑި ކަށަވަރުވެފަ އެވެ.

އެގޮތުން ކ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އަހްމަދު އަނީސް އަދި މަރޮށި ކައުންސިލް މެންބަރު ކަމަށް ހުސައިން ނާޒިމް އަދި ގދ. ފަރެސްމާތޮޑާ ކައުންސިލްގެ މެންބަރު ކަމަށް ހަސަން އާސިމް ވަނީ އޮޓަމެޓިކުން ހޮވިވަޑައިގެންފަ އެވެ.

ނިމިގެން ދިޔަ ހަފްތާގައި ބޭއްވި ކައުންސިލްތަކުގެ ބައި އިލެކްޝަންގެ ތެރެއިން މުލަކުގެ އަންހެނުންގެ ތަރައްގީގެ ކޮމިޓީގެ ބައި އިލެކްޝަން ޕީއެންސީގެ ކެންޑިޑޭޓް ކާމިޔާބު ކުރެއްވި އިރު މާލޭ ސިޓީ ކައުންސިލްގެ އިންތިހާހާބުގެ ވެސް ދެ ގޮނޑި ޕީއެންސީން ކާމިޔާބު ކުރި އެވެ.

ނަމަވެސް މާލޭގެ މޭޔަރުގެ ގޮނޑިއާއި އިތުރު އެހެން ގޮނޑިއެއް އެމްޑީޕީއިން ވަނީ ކާމިޔާބުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން