މިދިޔަ ހަފްތާ ބަންދުގައި ށ. ކޮމަންޑޫއަށް އުދަ އެރި ނަނަވެސް އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ގެއްލުން ލިބުނީ މަދު ގެޔަކަށް ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފި އެވެ.

އެންޑީއެމްއޭއިން މިއަދު ބުނީ ކޮމަންޑޫއަށް އުދަ އަރަމުން ދިއުމާ ގުޅިގެން އެ ރަށުގެ ކޮމިއުނިޓީ އެމެޖެންސީ ރެސްޕޮންސް ޓީމް (ސީއީއާރުޓީ) އިން ހަރަކާތްތެރިވި ކަމަށެވެ.

އެހެންވެ ރައްކާތެރިކަމަށް އެޅުނު ފިޔަވަޅު ތަކުގެ ސަބަބުން އެރަށުން ގެއްލުން ލިބުނު ކަމަށް ރިޕޯޓު ކޮށްފައިވަނީ 3 ގެއަކަށް ކަމަށް ވެސް އެ އޮތޯރިޓީއިން ބުނެފައި ވެއެވެ.

މިދިޔަ ހަފްތާ ބަންދުގައި ކުރި ވިއްސާރައިގައި މާލެއަށާއި ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެއެވެ.

އެގޮތުން ވިއްސާރައިގައި މާލޭގެ ގިނަ މަގުތައް އޮތީ ފެނުއަޑީގަ އެވެ.

އޭގެ އިތުރުން މަންތާ އެއާލައިންގެ ސީ ޕްލޭނަކަށް ވެސް މި ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއްވި އެވެ.

އާންމު ގޮތެއްގައި މި ދުވަސް ވަަރަކީ މޫސުން ރީތި ދުވަސްވަރެއް ނަމަވެސް ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބި ކަނޑަށް ޖެހެމުންދާތީ ރަމާއްޖެއަށް ދަނީ މި ކޮޅިގަނޑުގެ އަސަރު ވަރަށް ބޮޑަށް ކުރަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން