ރައީސް ޑރ މުހައްމަދު މުއިއްޒަކީ ކުޅަދާނަ ބޭފުޅެއް ކަމަށް ބިދާޅުވެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފި އެވެ.

ޝަރީފް ވިދާޅޫވީ އޭނާ ހީފުޅުކުރެއްވި ވަރަށް ވުރެ ރައީސް މުއިއްޒު މާ ކުޅަދާނަ ކަމަށެވެ. އަދި ނިންމުންތައް ނިންމަވާ ގޮތުން ވެސް އެކަށް ސާފުކޮށް އެނގިވަޑައިގެންފައި ކަމަށް ޝަރީފު ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އެމަނިކުފާނުގެ އެ ނިންމުންތައް ހަލުވިވެފައި އަވަސް ކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތައް ގިނަ ގުނަ ކަމަށެވެ.

"މިފަދަ އުނދަގޫ ދަތި ދަނޑިވަޅު ތަކުގައި ވިސްނުންތެރި ކަމާ ހިކުމަތްތެރިކަމާއެކު ހަލުވި ސްޕީޑުގައި ކަންކަން ކުރާ ލީޑަރެއް ގައުމަށް ބޭނުންވަނީ." ޝަރީފު ވިދާޅުވި އެވެ.

ނިމިދިޔަ ސަރުކާރުގައި ޝަރީފު ފާހަގަވެފައި ވަނީ އޭރުގެ ސަރުކާރު ދިފާއު ކުރުމުގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދެވި މަޖިލިސް މެމްބަރުގެ ގޮތުގަ އެވެ.

ނަމަވެސް އެވެރިކަން ނިމުމާއެކު އޭނާ ވަނީ ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަ ނުކުރެއްވުމަށް ނިންމަވާފައިވާ ޝަރީފު ފަހުން ވިދާޅުވީ އަމިއްލަ ގޮތުން އޭނާގެ ދާއިރާއަށް ކުރިމަތިލެއްވުމަށް ދާއިރާގެ މެމްބަރުން އެދެމުންދާތީ އެކަމާ ގުޅޭ ގޮތުން ޕީޕީއެމް/ ޕީއެންސީއާއި މަޝްވަރާ ކުރައްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


2

ހޭލާ

27-Jan-2024

ޑރ. މުއިއްޒު ފާހަނގަ ވަނީ އަމިއްލަ ނަފުސުން ވައްކަމާ ފަސާދަޔާ ދުރު އިސްލާމް ދީނުގެ އަސާސްތައް ދަންނަ ދީނަށް ލޯބިކުރާ އަމިއްލަ ނަފުސައް ވުރެން ގައުމާ ރައްޔިތުން ދެކެ ލޯބިވާ ވެރިއެއްގެ ގޮތުގަ. އެހެން ވުމުން ސިޔާސީންނަށް ގަބޫލު ކުރަބްދަތި ކިތަންމެ ކަމެއް އަދިފެނިގެން ދާނެ ކަމަށް ގަބޫލުކުރެވޭ.



ޓްރެންޑިން