މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 67 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން 13 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
މިއަދު ރާއްޖެ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 43 ދިވެހިން ހިމެނެއެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 14 މީހަކާއި އިންޑިއާގެ ހަމީހަކާއި އިންޑޮނޭޝިއާގެ ތިން މީހަކާއި އެމެރިކާ މީހެކެވެ.
ރާއްޖެ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 3369 އަށް އަރާފައެވެ. އަދި އޭގެ ތެރެއިން 2547 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ. މިހާރު ކޯވިޑް-19 ޖެހިގެން 792 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވެފައި ވަނީ 15 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ ދިވެހީންނާއި، ހަ ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު