ސަރުކާރު ޕްރޯ ޗައިނާ ވިޔަސް ކަންބޮޑުވެ ވަޑައިނުގަންނަވާ ކަމަށާއި ސަރުކާރުން އެންޓި އިންޑިއާ ވާތީ އެކަމާއި ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ ރޮޒެއިނާ ވިދާޅުވީ އިންޑިއާއާއި ރާއްޖެއަކީ ޒަމާނުއްސުރެ ރަނގަޅު ގުޅުމެއް އޮންނަ ދެ ޤައުމު ކަމަށާއި އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެކި ގޮތްގޮތަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ ރާއްޖެއަކީ ހުރިހާ ގައުމަކަށްވެސް ބަރޯސާ ވާން ޖެހިފައިވާ ޤައުމެއް ކަމަށެވެ. އެހެން ކަމުން ރާއްޖެއިން ޕްރޯ ޗައިނާ، ޕްރޯ އިންޑިއާ، ޕްރޯ ސްރީލަންކާ އަދި ޕްރޯ ޔޫކޭ ވާންވެސް ޖެހޭނެ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. ކަން މިހެން އޮތް އިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާ ފަފަ ގޮތަކަށް ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ދެއްކެވި ވާހަކަތައް ރޮޒެއިނާ ފާހަގަކުރެއްވިއެވެ. އަދި އެކަމާއި ގުޅޭގޮތުން ނޫސްވެރިން ކުރާ ސުވާލުތަކަަށް މި ސަރުކާރުން ޖަވާބުދާރީވުމަށް ނުކުޅެދުމަކީ ނާގާބިލުކަން ދައްކުވައިދޭ ކަމެއް ކަމަށް ރޮޒެއިނާ ސިފަކުރެއްވިއެވެ. މި ހުރިހާ ވާހަކަތަައް ދައްކަވާފައި ވެރިކަމަށް ވަޑައިގަތުމުން އިންޑިއާއާއި އޮންނަ ގުޅުން ކުޑަވެދާނެތީ ރޮޒެއިނާ ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"މިއީ ކުޑަ ކަމެއް ނޫން. ރައީސް މުއިއްޒު އަމިއްލަފުޅަށް ވެސް އިންޑިއާ އައުޓް ޖަހާފައި ހުރި ޓީޝާޓު ތުރުކުރައްވައިގެން ހުންނަވައިގެން ޕްރޯ އިންޑިއާ ބޭފުޅަކަށް އެބޭފުޅާ ވާނީ ކިހިނެއްކަމެއް ނޭނގޭ. ނަފްރަތު އުފައްދަން ފަސޭހަ ވާނެ. ދޮގު ވާހަކަ ދައްކައިގެން ނަފްރަތު އުފައްދަން ވަރަށް ފަސޭހަވާނެ. އެހެންނަމަވެސް އެ ނަފްރަތު އަނބުރާ ލޯތްބަށް ބަދަލުކުރުމަކީ ފަސޭހަކަމެއް ނޫން" ރޮޒެއިނާ ވިދާޅުވިއެވެ.

މީގެ އިތުރަށްވެސް، ރާއްޖެއާއި އިންޑިއާއާއިއެކު ހަދާފައިވާ އެއްބަސްވުންތަކާއި ގުޅޭ މަޢުލޫމާތު މި ސަރުކާރަށް ނޫސްވެރިންނަށް ހާމަނުކުރެއްވޭތީ ރޮޒެއިނާ ވަނީ އެކަމާއި ބެހޭގޮތުންވެސް ސުވާލު އުފައްދަވާފައެވެ. އެއާއި ޚިލާފަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު 5 އަހަރުގެ ވެރިކަމެއް ނިންމެވީ ނޫސްވެރިންގެ ހުރިހާ ސުވާލުތަކަށްވެސް ޖަވާބު ދެއްވާފައިކަން ރޮޒެއިނާ ފާހަގަކުރެއް ވިއެވެ.


ކިޔުންތެރިންގެ ހިޔާލު


3

ޙަދަންބó

16-Jan-2024

މިލިޓަރީ އާރމްޑް ސޯލްޖާސްގެ ތެރޭހިމެނޭ އެއްގަމާއި ކަނޑާއި ވައިގެ ސިފައިންނެއް ރާއްޖެއަކު ނެތް. ތިބީ މިލިޓރީގަ ހިމެނޭ ޕައިލެޓުންނާ އިނޖިނޭރުންނާ ޑޮކްޓަރުން. އިނޑިއާއާ ރާއްޖެއާ ޒަމާނުއްސުރެ އޮތް ގާތްގުޅުން ކެނޑޭގެ ގޮތައް ދިވެހިންގެތެރޭ ނަފުރަތު އުފައްދާ އިންޑިއާއަށް ޖެއްސުންކޮށް ބަހުގެހަމާލާދީ މިހިރީކީ ކުރަންޖެހޭ ކަމެއްނޫން. އިންޑިއާއިން ރާއްޖޭގެ ސަލާމަތަށް ނުރައްކާވާގޮތަށް މިހާތަނަށް ކުރިއެއްވެސް ކަމެއް ފެންނާކަށެއްނެތް. އަދި އިންޑިއާއައުޓުގޮވި މީހުނަށްވެސް އެފަފަ އެއްވެސް ކަމެއް މިހާތައް ދެއްކިފަކަވެސް ނެތް. އިންޑިއާފަދަ ބޮޑު ދުނިޔޭގަވެސް ބާރުގެގޮތުން ފާހަގަ ކުރެވޭ އެކުވެރި ގައުމަކަށް މިވަރަށް ޖެއްސުން ކުރަންޖެހޭ ސަބަބަކީ ކޮބައިބާ. ޕްރޯ ޗައިނާވިއަސް އެންޓިއިންޑިއާ ވާކަށް ނުޖެހެއޭ. ގޯސް އެއީގޯސް. ޢެކަމކު އެކުރކަމެއް ބުނެދޭން ޖެހޭ. މިނިވަންކަން ގެއްލި އަޅުވެތިވާގޮތަށް ކުރިކަންތައް ވެސް ބުނެދޭންޖެހޭ. ފަލަސްތީނު މީހުނާ އިޒުރޭލުމީހުނަވެސް ރިޒުގު ދެއްވަނީ ﷲ.. އެކަންނޭގޭ ބަޔަކުނެތް. ޥީމާ އަހަރުމެނަށް ރުޒިގު ދެއްވަނީ ﷲ އޭ ކިޔާ އެހެންމީހުނަށް ފުރައްސާރަ ކުރުމުު ބޭނުމެއްނެތް. އެއީ ގޯސް ސިފައެއް.



ޓްރެންޑިން