މަސްތުވާ މީހުންނަށް ފަރުވާދޭ ރީހެބްތައް ގާއިމްކޮށް ހިންގުމުގެ ފުރުސަތު ނެޝެނަލް ޑްރަގް އޭޖެންސީން އަމިއްލަ ފަރާތްތަކަށް ހުޅުވާލައިފި އެވެ.

މަސްތުވާތަކެއްޗާބެހޭ ޤާނޫނު ގައި "ނޭޝަނަލް ޑްރަގް އެޖެންސީގެ މަސްއޫލިއްޔަތު" ގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރޭގައި 'މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުން ހޯދުމާއި، އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާދީ، އެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ.

ހަމަ އެެހެންމެ އެ ގާނޫނުގެ ދަށުން މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތައް އުފައްދައި ހިންގުމަށް ޝައުޤުވެރިވާ އަމިއްލަ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ އިޚްތިޔާރު ނޭޝަނަލް ޑްރަގް އެޖެންސީއަށް ލިބިގެންވެއެވެ.

އެ މަސައްކަތަށް ކުރިމަތިލާއިރު ޕްރޮޕޯސަލްގައި ހަ ކަމެއް ހިމަނަން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ. އޭޣެ ތެރޭގައި އައުޓް ޕޭޝަންޓް ޑީޓޮކްސިފިކޭޝަން ޚިދުމަތް ފޯރުކޮށްދިނުމާއި، ސައިކޭޓްރިކް އިވެލުއޭޝަން ހެދުމާއި، ކައުންސެލިންގ ޚިދުމަތް ދިނުން، ސައިކޯ-ސޯޝަލް ތެރަޕީ ޚިދުމަތް ދިނުން، ، ޑްރަގް ޓެސްޓްކުރުން އަދި ސައިކޮލޮޖިކަލް އެސެސްމަންޓް ހެދުން ވެސް ހިމެނެ އެވެ،

ރީހެބް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށް ފަހު އީމެއިލް ކުރުމަށް ވަނީ އެދިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން