ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލައި ރާއްޖެ ހިފަން އިންޑިއާގެ ސިޔާސީ ލީޑަރެއް ކަމަށްވާ ސުބްރަމާނިއަން ސްވާމީ ގޮވާލައްވައިފި އެވެ.

ހަރުކަށި ހިންދޫންގެ ފިކުރަށް ތަބާވާ ސުބްރަމާނިއަން ވަނީ އިންޑިއާއަކީ ހަމައެކަނި ހިންދޫންގެ ތަނަކަށް ހަދަން މީގެ ކުރިން ގޮވާލައްވައިފަ އެވެ. ހަމަ އެހެންމެ އިންޑިއާއިން ކައުބަތުﷲ ގެފުޅު ހިފަންވެސް އޭނާ ގޮވާލައްވައިފައި ވެއެވެ.

ކުރިން އިންޑިއާގެ މިނިސްޓަރެއްގެ މަގާމުވެސް ފުރުއްވާފައިވާ އަދި މިހާރު ވެރިކަން ކުރާ ބީޖޭޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ސުބްރަމާނިއަން މި ފަހަރު ދިމާކޮށްލެއްވީ ރާއްޖެއާ އެވެ.

އެގޮތުން މިހާރު އިންޑިއާއާ ރާއްޖެއާ ގުޅުން ގޯސްވެފައިވާ މި ދަނޑވަޅަށް އިޝާރާތްކޮށް ސުބްރަމާނިއަން ކުރެއްވި އެކްސްއެއްގައި ވިދާޅުވީ ރައީސް ޑރ، މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ޒިޔާރަތަށް ފަހު އަންނަ މާޗު މަހު 15އިގެ ކުރިން

އިންޑިއާ ސިފައިން ރާއްޖެއިން ބާލަން އަންގާފައިވާ ކަމަށެވެ.

ނަމަވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކަމާ މެދު އަޅާ ނުލައި "ނަގޫ ފިތިފައި" ހުންނަވާނީތޯ ނޫނީ ރަޖީވް ގާންދީގެ ދުވަސްވަރު ފަދައިން ރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވައި ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލާނީތޯ ސުވާލު ކުރެއްވި އެވެ.

އިންޑިއާއާ ރާއްޖެއާ ގުޅުން ގޯސްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީބްއަށް ވަޑައިގެން އެ ތަން ޓޫރިސްޓް މަންޒިލަަކަށް ހަދަން ގޮވާލެއްވުމާއެކު އެ ގައުމުގެ ބައެއް ފަރާރްތަކުން ރާްއްޖެ ބޮއިކަޓް ކުރަން ގޮވާލުމުން ރާއްޖޭގެ ތިން ނައިބު ވަޒީރުން އިންޑިއާއަށް ކުޑައިމީސްކޮށް ދެއްކެވި ވާހަކަތަކާ ގުޅިގެން ނެވެ.

އޭގެ ފަހުން ރާއްޖެ ބޮއިކަޓް ކުރަން ގޮވާ ގޮވުން އިތުރަށް ވަަނީ ވަރުގަދަ ކޮށްފަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާ ބެހޭގޮތުން މިހާރު މަޝްވަރާތައް ފެށިފައިވާއިރު އަންނަ މާޗު 15 ގެ ކުރިން އެކަން ނިންމުމަށް ރައީސް ޑރ މުއިއްޒު ވަނީ ހުށައަޅުއްވާފައެވެ. މިއާއެކު ރާއްޖެއަކީ އިންޑިއާގެ ދަށުގައި އޮންނަންޖެހޭ ތަނެއް ކަމަށް ގަބޫލުކުރާ އިންޑިއާގެ ސިޔާސީ ފަރާތްތަކުން އަންނަނީ މިނިންމުމާ ދެކޮޅުހަދައި ވާހަކަ ދައްކަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން