މިދިޔަ ޑިސެމްބަރު މަހު ކުރި ވިއްސާރައިގައި ރަށްރަށުން ލިިބުނު ގެއްލުންތަކަށް ހަތަރު ލައްކަ ރުފިޔާގެ އެހީ ދޭން ނިންމައިފި އެވެ.

ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން މިއަދު ބުނީ ޑިސެމްބަރު މަހު ކުރި ވިއްސާރައިގައި ނުވަ ރަށަކުން 103 ގެއަކަށް ގެއްލުން ލިބުނު ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ކ. ހިންމަފުށި، ސ. ފޭދޫ، ކ. ގުރައިދޫ، ފުވައްމުލަކު ސިޓީ، ސ. މަރަދޫ، ޅ. ހިންނަވަރު، ލ. މާމެންދޫ، ލ. ގަން އަދި ބ. ގޮއިދޫ އެވެ.

އޭގެ ތެރެއިން އެންމެ ގިނައިން ގެއްލުން ލިބުނީ ފޭދޫ އަދި ގުރައިދޫގެ ގެތަކަށެވެ. އެގޮތުން ފޭދޫއިން 62 ގެ އަދި ގުރައިދޫން 25 ގެއަކަށް ގެއްލުން ލިބުނެވެ.

އެންޑީއެމްއޭއިން ބުނީ ޒަރޫރީ ބޭނުންތަކަށް ގެންގުޅޭ ތަކެއްޗާއި އަދި ސްޓްރަކްޗާއަށް ލިބުނު ގެއްލުންތަކުގެ އަގު 1.6 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

އެހެންވެ އޭގެ ބަދަލުގެ ގޮތުގައި ގެއްލުމުގެ 20 ޕަސެންޓް ނުވަތަ 474،349 ރުފިޔާ އެހީގެ ގޮތުގައި ގެތަކަށް ފޯރުކޮށްދޭނެ ކަމަށެވެ.

މިދިޔަ ހަފްތާ ބަންދުގައި ކުރި ވިއްސާރައިގައި ވެސް މާލެއަށާއި ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެއެވެ.

އެގޮތުން ވިއްސާރައިގައި މާލޭގެ ގިނަ މަގުތައް އޮތީ ފެނުއަޑީގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން