ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ފޮސްޓަރ ކުރުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

ފެމިލީ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީން ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ފޮސްޓަރ ކުރަން ޝައުގުވެރިވާ ފަރާތްތަކުން މިނިސްޓްރީގެ 1433 ނަމްބަރަށް ގުޅުމަށް އެދިފައެވެ.

މިފަދަ ގޮތަކަށް ކުދިން ބެލެހެއްޓުމަށް އާއިލާތަކާއި ހަވާލުކުރުމަށްފަހުވެސް މިނިސްޓްރީން އެކުދިންގެ މަސްލަހަތު ރައްކާތެރިކުރުމަށް ޚާއްސަ ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފައި ވެއެވެ. މިދިޔަ އަހަރު ސަރުކާރުން ވަނީ ރީ-އިންޓަގްރޭޓް ކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސް، ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ބެލެނިވެރިކަން ކޯޓު މެދުވެރިކޮށް ހަވާލުކުރުމަށް ޤާނޫނީ ގޮތުން ފަހިކޮށްފައެވެ.

ސޯޝަލް މިނިސްޓްރީން ބުނީ، ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރުވެސް 164 ކުދިން އެބަތިބި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން